އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/06/2020

ކޮވިޑް-19 ޕެންޑަމިކްގައި އޮންލައިންކޮށް ކުޑަކުދިންނަށްދޭ އަނިޔާ އިތުރުވެއްޖެ – ޔުނިސެފް

މިމަހުގެ 10 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސް އެއްގައި އުމުރުން 11 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/06/2020

Child abuse Grooming
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ޕެންޑަމިކްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ކުދިންނަށް އޮންލައިންކޮށް ދޭ އަނިޔާތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި އެވެ.

ޔުނިސެފުން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން ގިނަ ވަގުތު ގޭތެރޭގައި ހޭދަކުރަންޖެހި ކުޑަކުދިން އިލެކްޓްރޯނިކް ވަސީލަތްތަކާއިއެކު ހޭދަކުރާ ވަގުތު އިތުރުވެފައިވާ ކަމަށެވެ.

އަނިޔާ އާއި ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ހަދާފައިވާ ޕާރޓްނާޝިޕްގެ އެގްޒެކިއުޓިވް ޑިރެކްޓަރ ޑރ. ހާވާރޑް ޓެއިލާރ ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ސްކޫލްތައް ބަންދުވެ ގިނަ ބެލެނިވެރިންނާއި ކުޑަކުދިން ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކަށް ބަރޯސާވެފައިވާ ކަމަށެވެ.

އެގޮތުން އެކަކު އަނެކަކުގެ ހާލު ބަލައި އަދި އެ ނޫންވެސް ކަންކަމަށް މި ދުވަސްވަރު ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން ބާރުއެޅި ނަމަވެސް ގިނަ ކުޑަކުދިންނަށް މިފަދަ ވަސީލަތްތައް އެންމެ ރައްކާތެރިގޮތުގައި ބޭނުންކުރަން ދަސްވެފައިނުވާކަމަށް ޑރ. ޓެއިލަރ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށް ދުނިޔޭގެ ނިސްބަތުން 1.5 ބިލިޔަން ކުޑަކުދިންނަށާއި، ފުރާވަރުގެ ކުދިންނަށްވަނީ ނޭދެވޭ އަސަރުތައް ކޮށްފައެވެ. އަދި މީގެތެރެއިން ގިނަ ކުދިންނަކީ މިހާރު ތައުލީމު ހާސިލްކުރުމަށާއި އަދި ގުޅުންބަދަހި ކުރުމަށް އިންޓަރނެޓް ބޭނުންކުރަމުންދާ ކުދިންނެވެ.

އެހެންނަމަވެސް އިންޓަރނެޓްގައި މާގިނަ ވަގުތު ހޭދަކުރުމުގެ ނަތީޖާއަކީ ގިނަ ކުދިންނަށް ޖިންސާގޮތުން އެކި ކަހަލަ  ފުރައްސާރަތައް ކުރިމަތިވެ، ޖިންސީ އަނިޔާކުރާ މީހުންގެ އަމަލުތަކަށް ކުދިން ތައްޔާރުކުރުން (ގްރޫމިން) ކުރާކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

އަދި ރައްޓެހިންނާއި ބައްދަލުނުވުމުގެ ނަތީޖާއެއްގެ ގޮތުން އުމުރާއި ނުގުޅޭ ޖިންސީ ފޮޓޯ ފޮނުވުމާއި އަދި ސައިބަރ ބްލީންގެ ޝިކާރައަކަށް ކުޑަކުދިން ވެފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސް އެއްގައި އުމުރުން 11 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ހައްލާލައިގެން އެކަމަށް ކުއްޖާ ތައްޔާރުކޮށްގެން (ގްރޫމިން ކޮށްގެން) ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއީ ރާއްޖޭގައި މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ.

ހޮނިހިރު ދުވަހު ފެންމަތިވި މިއަމަލާއި ގުޅިގެން ރާއްޖޭގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ އިންޓަނެޓް މެދުވެރިކޮށް ރާއްޖޭގައި ކުދިން ގްރޫމްކުރުން ހިނގަމުން އަންނަކަމަށާއި، އެކަމަށް ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކުދިން "ގްރޫމްކުރުން"، ހައްލުވައިގެން ޖިންސީ ކުޑަކުދިން ޖިންސީ ކަންކަމުގައި ޝާމިލް ކުރުމުގެ ސަގާފަތް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމަށެވެ. އަދި ބެލެނިވެރިންގެ ހައިސިއްޔަތުން، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އަދި ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ހިނގާނަމަ، ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަދި ނިންމަވާލައްވަމުން މިނިސްޓަރ ވަނީ އެހެންނޫންނަމަ މައުސޫމް ކުދިންތަކެއް މި ދަލުގައި ޖެހިދާނެކަމަށް ވިދާޅުވެފަ އެވެ.

ޔުނިސެފްގެ އެގްޒެކްޓިވް ޑިރެކްޓަރ ހެންރިއެޓާ ފޯރ ވަނީ ޤައުމުތަކުގެ ސަރުކާރުތަކުން މި ކަމާއިމެދު އިތުރަށް ސަމާލުވެ، އޮންލައިންކޮށް ކުރިމަތިވާ ގޯނާތަކުން ކުޑަކުދިން ސަލާމަތަށް އިންޓަރނެޓުގެ ސަބަބުން ކުރިމަތިވެދާނޭ ނުރައްކާތެރި ކަންކަމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމަށް ގޮވާލާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ