އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/06/2020

ކޮރޯނާވައިރަސް: އާންމުތަންތަނުގައި ވެސް ފޭސް މާސްކް އަޅައިގެން އުޅުމަށް ޑަބްލިޔުއެޗްއޯއިން އިލްތިމާސްކޮށްފި

މީގެކުރިން ޑަބްލިޔުއެޗްއޯއިން އަބަދުވެސް ކޮށްފައިވާ އިލްތިމާސްގައިވަނީ ހަމައެކަނި ބަލިމީހުންނާއި އެމީހުންގެ ގާތުގައި ހަރަކާތްތެރިވާ މީހުން ފޭސް މާސްކް އެޅުމަށެވެ. (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/06/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޕެންޑަމިކްގައި އާންމުތަންތަނުގައި ފޭސް މާސްކް އަޅައިގެން އުޅުމާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މީގެކުރިން ކޮށްފައިވާ އިލްތިމާސް ބަދަލުކޮށް، އާންމުތަންތަނަށް ނުކުމެއުޅޭއިރު އަބަދުވެސް ފޭސް މާސްކް އަޅައިގެން އުޅުމުން އެޖަމިއްޔާއިން އިލްތިމާސްކޮށްފި އެވެ.

ޑަބްލިޔުއެޗްއޯއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ ހަމައެކަނި ގައިދުރުކަން ބަހައްޓައިގެން ކޮރޯނާވައިރަސް ފެތުރުން ނުހުއްޓުވޭނެ އިންޒާރު ދެމުންނެވެ.

އަދި އެ ޖަމިއްޔާއިން އަލަށް އާއްމުކުރި މައުލޫމާތުތަކުގައި ވަނީ ފޭސް މާސްކް އަކީ އިންފެކްޝަސް ޑްރޮޕްލެޓްސް ފެތުރުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ބުނެފައެވެ. އެ ޖަމިއްޔާއިން މިހެން އިލްތިމާސްކޮށްފައި މިވަނީ ބައެއް ޤައުމުތަކުގައި އާންމު ތަންތަނަށް ނުކުމެއުޅޭއިރު ފޭސް މާސްކް އެޅުމަށް މަޖުބޫރުކޮށްފައި ވަނިކޮށެވެ.

މީގެކުރިން ޑަބްލިޔުއެޗްއޯއިން ވަނީ ދުޅަހެޔޮ މީހުން މާސްކް އަޅަން ޖެހޭނެކަމުގެ ސާބިތު ހެއްކެއް ލިބިފައިނުވާކަމަށް ބުނެފަ އެވެ.

"އާންމު ދަތުރުފަތުރުކުރާ ތަންތަނާއި ފިހާރަތަކާއި، އަދި މި ނޫނަސް މީހުން އެއްވާ ތަންތަނުގައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ދަތކަމަކަށްވެފައި އަދި ވައިރަސް އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމާއެކު، މިހާތަނަށް ލިބިފައިހުރި ހެކިތަކުގެ އަލީގައި، މިހާރުން ފެށިގެން ޑަބްލިޔުއެޗްއޯއިން ހުރިހާ ސަރުކާރުތަކަކަށްވެސް މި އިލްތިމާސްކުރަނީ މީހުން އާންމުތަންތަނަށް ނުކުމެއުޅޭއިރު އަބަދުވެސް ފޭސް މާސްކް އަޅައިގެން އުޅުމަށް ހިތްވަރުދީ ބާރުއެޅުވުމަށް" ފާއިތުވި ހުކުރު ދުވަހު ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔެސަސް ވިދާޅުވެފައި ވެއެވެ.

މީގެކުރިން ޑަބްލިޔުއެޗްއޯއިން އަބަދުވެސް ކޮށްފައިވާ އިލްތިމާސްގައިވަނީ ހަމައެކަނި ބަލިމީހުންނާއި އެމީހުންގެ ގާތުގައި ހަރަކާތްތެރިވާ މީހުން ފޭސް މާސްކް އެޅުމަށެވެ.

މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ 7 މިލިޔަނަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 400،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ