އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/06/2020

ކޯވިޑް-19: ސަލާމަތީ ކަންބޮޑުވުންތަކަށް ބެލުމަށްފަހު، މެލޭރިޔާ ބޭހުގެ ދިރާސާ ހެދުން ޑަބްލިޔުއެޗްއޯއިން ދަމަހައްޓައިފި

އެންޓި މެލޭރިޔާ ޑްރަގް ތަހުގީގަކީ ކޮވިޑް-19އަށް ފަރުވާ ހޯދުމަށް ގުޅިފައިވާ އެޖެންސީތައް ކަމަށްވާ "ވަން އާރމް އޮފް ދަ އެޖެންސީސް ސޮލިޑާރިޓީ ޓްރަޔަލް" ގެ ފަރާތުން ކުރިއަށް ގެންދާ ތަހްގީގެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/06/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހައިޑްރޯސިކްލޮރޯކްއިން (އެންޓި މެލޭރިޔާ ޑްރަގް) ކޮވިޑް-19އަށް ފަރުވާދިނުމަށް ރަނގަޅު ބޭހެއްތޯ ބެލުމަށް ކުރާ ދިރާސާ ދަމަހައްޓަން ނިންމައިފި އެވެ.

ޑަބްލިޔުއެޗްއޯ އިން މި ދިރާސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި ދޭތެރެއިން ދިރާސާކުރުން މަޑުޖައްސާލުމަށްފަހު، މި ބޭހާއި ގުޅޭގޮތުން ހުރި ރައްކާތެރިކަމުގެ ކަންބޮޑުވުންތައް ބެލުމަށްފަހުގަ އެވެ.

އެންޓި މެލޭރިޔާ ޑްރަގް ތަހުގީގަކީ ކޮވިޑް-19އަށް ފަރުވާ ހޯދުމަށް ގުޅިފައިވާ އެޖެންސީތައް ކަމަށްވާ "ވަން އާރމް އޮފް ދަ އެޖެންސީސް ސޮލިޑާރިޓީ ޓްރަޔަލް" ގެ ފަރާތުން ކުރިއަށް ގެންދާ ތަހްގީގެކެވެ. އެގޮތުން ޑަބްލިޔުއެޗްއޯއިން ފާއިތުވި ހަފްތާގެތެރޭގައި ވަނީ ދަ ލަންސެޓްގައި ހަދާފައިވާ ތަފާތު ދިރާސާއެއްގެ މައްޗަށް ބިނާކޮށް ކޮވިޑް-19އަށް ފަރުވާދިނުމަށް އެންޓި މެލޭރިޔާ ޑްރަގް ދިނުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފަ އެވެ.

ދަ ލަންސެޓްގައި ޝާއިއުކުރި ދިރާސާގައި ވަނީ އެންޓި މެލޭރިޔާ ޑްރަގް ބޭނުންކުރުމުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަމަށާއި، މި ބޭހުގެ ސަބަބުން ކޮވިޑަށް ފަރުވާނުލިބޭ ކަމަށް ބުނެ، މި ބޭހުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ދިރާސާއެއް ހަދައި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. ހަމައެހެންމެ ލަންސެޓްގެ މި ދިރާސާގައި ވަނީ އެންޓި މެލޭރިޔާ ޑްރަގްގެ ސަބަބުން ކޮވިޑް-19 ޖެހުނު ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ވެސް ބުނެފަ އެވެ.

ދަ ލަންސެޓްގެ މި ދިރާސާގެ ސަބަބުން ޑަބްލިޔުއެޗްއޯއަށް ވަނީ އެންޓި މެލޭރިޔާ ޑްރަގް އާއި ގުޅޭގޮތުން އެ ޖަމިއްޔާއިން ހަދަމުން ގެންދިޔަ ދިރާސާތައް މަޑުޖައްސާލައި، މި ބޭހުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޖަވާބެއް ހޯދުމަށް އިތުރަށް ތަހްލީލް ކޮށްފަ އެވެ.

ހުސްވި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވިގޮތުގައި މި ދިރާސާގެ ބޯޑުން ވަނީ ކޯވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ މިހާރު ލިބެން ހުރި ޑާޓާތައް ބަލައި ތަހްލީލްކޮށްފައެވެ.

އަދި ޓްރަޔަލްއަށް އިތުރު ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމުން، އިންވެސްޓިގޭޓަރުންނަށް ދިރާސާ ހެދުމައިގެން ކުރިއަށް ދިއުމަށް އަންގާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ސޮލިޑާރިޓީ ޓްރަޔަލްގައި 35 ޤައުމުކަން 400 އަށްވުރެ ގިނަ ހޮސްޕިޓަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ޓްރައަލްގައި ހާހަކަށްވުރެ ގިނަ ބަލިމީހުން ހިމެނޭނެ އެވެ.

ކޮވިޑް-19އަށް ފަރުވާދިނުމަށް މި ބޭސް ބޭނުންކުރުމުގައި ދަ ލަންސެޓްގެ އިތުރުން އެމެރިކާގެ ދަ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް ވަނީ ބޭހުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅު ކޮށްފަ އެވެ. އެގޮތުން އެފްޑީއޭއިން ވަނީ ހޮސްޕިޓަލްގައި އެޑްމިޓްނުކުރާ ކޮވިޑް-19ގެ ބަލިމީހުން އަމިއްލައަށް މި ބޭސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ