އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/06/2020

ފޭސް މާސްކު އެޅުމުން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު 85 އިންސައްތައަށް ކުޑަކޮށްދޭ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިވިއު ކޮމިޝަނުން ނެރިފައިވާ ދިރާސާއަކުން މާސްކް އަދި ލޯ ރައްކާތެރިކޮށްދޭ ޝީލްޑް އެޅުމުން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. (ފޮޓޯ: ދަ އެޑިޝަން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/06/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، ފޭސް މާސްކް އެޅުމާއި، އަދި ލޯ ރައްކާތެރިކުރުމުގެ ސަބަބުން ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު އިންސައްތައަކުން ކުޑަކޮށްދޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ރިވިއު ކޮމިޝަނުން ބުނެފި އެވެ.

މި ރިވިއުގައި ވާގޮތުން އެކަކު އަނެކަކާއި މަދުވެގެން 3 ފޫޓު (1 މީޓަރު)ގެ ދުރުމިން ބަހައްޓާނަމަ ކޮރޯނާވައިރަސް އިންފެކްޝަން ފެތުރުމުގެ ފުރުސަތު 82 އިންސައްތައަށް ކުޑަކޮށްދެ އެވެ. އަދި އެކަކު އަނެކަކާއި ދެމެދު 6 ފޫޓު (2 މީޓަރު)ގެ ދުރުމިނެއް ބަހައްޓާނަމަ މި ވައިރަސް ފެތުރުމުގެ ފުރުސަތު އަދި މިއަށްވުރެ ވެސް ކުޑަވާނޭކަމަށް ވަނީ ބުނެފަ އެވެ.

އާންމު ތަންތަނަށް ދާއިރު ފޭސް މާސްކް ނުވަތަ ފޮތިން މޫނު ފޮރުވުމަކީވެސް މިފަދަ ތަންތަނުގެ ޒަރިއްޔާއިން ކޯވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ. މި އުސޫލު ސިއްހީ އެހީތެރިންނަށް އޮތްނަމަވެސް، އެފަދަ މީހުން N95 މާސްކް ބޭނުންކުރުމުގެ މަގްސަދަކީ އެހެން މާސްކް ތަކާއި ހިލާފަށް N95 މާސްކުން ލިބިދޭ ރައްކާތެރިކަން ދެގުނައަށް އިތުރުވުމެވެ.

ހަމައެހެންމެ ލޯ ރައްކާތެރިކުރުމަކީ އަނގަޔާއި ނޭފަތް ފޮރުވުންހާ މުހިއްމުކަމެއް ކަމަށް ނުދެކުނުނަމަވެސް، ލޯ ރައްކާތެރި ކުރުމުގެ ސަބަބުންވެސް މުޖުތަމައުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ކުޑަކުރުމަށް އެހީތެރިވެދޭކަމަށް ރިވިއުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މި ރިވިއުގެ ލިޔުންތެރިޔާ ވަނީ ފޭސް މާސްކާއި އަދި ލޯ ރައްކާތެރި ކުރުމާއި ގުޅިގެން ހޯދިފައިވާ ހޯދުންތަކަކީ ހަމައެކަނި ލިމިޓެޑް އެވިޑެންސްއަށް ބިނާކޮށް ހޯދާފައިވާ ހޯދުންތަކެއް ކަމަށް ބުނެފަ އެވެ. އަދި ޖުމްލަކޮށް ބުނާނަމަ މިއިން އެއްވެސް ކަމަކީ ކޯވިޑް-19އިން މުޅިންހެން ރައްކާތެރިކޮށްދޭނޭ ކަންކަމެއް ނޫނެވެ.

ޖޫން 1 ވަނަ ދުވަހު ދަ ލެންސެޓްގައި ޝާއިއުކުރި މި އައު ރިވިއު ހެދުމަށް ޑރ. ޑެރެކް ޗޫ އާއި އޭނާގެ ޓީމުން ވަނީ ސާރސް އަދި މާރސް ރޯގާ އާއި ގުޅުންހުރި ގިނަ ކޭސްތަކެއް އަލުން ތަހުލީލު ކޮށްފަ އެވެ.

މި ރިވިއުގައި ޖުމްލަ 44 ދިރާސާއެއްގެ މައުލޫމާތުގެ އަލުން ވަނީ ބަލާ ހޯދާފައެވެ. މި 44 ދިރާސާގައި ހިމެނެނީ ދުނިޔޭގެ 16 ޤައުމަކުން 25،000 މީހުންނެވެ. (އޭގެތެރެއިން 7 ދިރާސާ ގުޅިފައިވަނީ ކޯވިޑް-19 އާއެވެ. އަދި 26 ދިރާސާ ސާރސް އާއި ގުޅިފައިވާއިރު، 11 ދިރާސާއެއް ގުޅިފައިވަނީ  މާރސް ރޯގާ އާއެވެ.)

މި ދިރާސާގައި ވާގޮތުން ތިން ފޫޓުގެދުރުމިން ބެހެއްޓުމުން ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު 3 އިންސައްތައަށް އޮތްއިރު، މި ފަދަ ދުރުމިން ނުބަހައްޓާ މީހުންގެ މެދުގައި މި ވައިރަސް ފެތުރުމުގެ ފުރުސަތު 13 އިންސައްތައަށް އޮތެވެ.

އަދި މާސްކް އަޅާ މީހުންގެ މެދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު 3 އިންސައްތައަށް އޮތްއިރު، ވައިރަސް ނުފެތުރޭ މީހުންގެ މެދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ 17 އިންސައްތައަށެވެ. އަދި މާސްއެޅުމުގެ ސަބަބުން ކޯވިޑް-19 ފެތުރުމުގެ އިންސައްތަ 80 އިންސައްތައަށް ކުޑަކޮށްދޭކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ލޮލިގެ ރައްކާތެރިކަން ގެންގުޅޭ މީހުންގެ މެދުގައ ވައިރަސް ފެތުރުމުގެ ފުރުސަތު 6 އިންސައްތައަށް އޮތްއިރު، ލޮލުގެ ރައްކާތެރިކަން ބޭނުންނުކުރާ މީހުންގެ މި ފުރުސަތު 17 އިންސައްތައަށް އޮތްކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ހަމައެހެންމެ ތަޖުރިބާކާރުން ވަނީ N95 ފަދަ މާސްކް އެޅުމުގެ ސަބަބުން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު 77 އިންސައްތައަށް ދަށްކޮށްދޭކަމަށް ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ