އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 26/05/2020

ކޯވިޑް-19: މެލޭރިޔާ ބޭހާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ކުރަމުން އައި ޓެސްޓުތައް ހުއްޓާލައިފި

މިނިންމުން އައިސްފައިވަނީ މިދިޔަ ހަފްތާގައި ޝާއިއު ކުރެވުނު ދިރާސާއަކާއި ގުޅިގެންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 26/05/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އަށް ފަރުވާއެއް ގޮތުގައި ބެލެވުނު ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު)ގެ ތަހުލީލުތައް ހުއްޓާލައިފި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާނުކޮށްފިއެވެ.

އެޖަމިއްޔާ އިން ބުނިގޮތުގައި ބައެއް ގައުމުތަކުގައި މިބޭހާއި ގުޅިގެން މިވަގުތު ކުރަމުން އަންނަ ޓެސްޓުތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައިވާނެ ކަމަށެވެ.

މިނިންމުން އައިސްފައިވަނީ މިދިޔަ ހަފްތާގައި ޝާއިއު ކުރެވުނު ދިރާސާއަކާއި ގުޅިގެންނެވެ. މިދިރާސާ އިން ދައްކާގޮތުގައި ކޯވިޑް-19 އަށް ފަރުވާ ކުރުމުގައި މެލޭރިޔާ ބޭސް ބޭނުން ކުރުމުން ބަލިމީހާ މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

ރާއްޖޭގައިވެސް ކޯވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ އެޗްސީކިއު އެވެ. މިބޭސް ބޭނުން ކުރަމުން އައީ ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ގައިޑްލައިންސްގެ ދަށުންނެވެ.

ދަ ލޭންސެޓް ޖަރނަލްގައި ޝާއިއު ކުރެވުނު ދިރާސާގައި އިތުރަށް ބުނެފައިވަނީ އެޗްސީކިއު އިން ކޯވިޑް-19 ބަލިމީހުންނަށް އިތުރު އެހީތެރިކަމެއް ނުލިބޭކަމަށެވެ. 

އެޗްސީކިއު އަކީ މެލޭރިޔާ، ލޫޕަސް އަދި އާތުރައިޓިސް ފަދަ ބަލިތަކަށް ބޭނުން ކުރަމުން އައި ބޭހެކެވެ. ނަމަވެސް މިހާތަނަށް ހެދިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކޯވިޑް-19 އަށް މިބޭހަކުން ފައިދާ އެއް ނުކުރެއެވެ.

ޑަބްލިއުއެޗްއޯ އިން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން ގިނަ ފަރުވާތައް ޓެސްޓު ކުރަމުންނެވެ. އަދި މިބޭސްތައް އަމިއްލައަށް ޓެސްޓުތަކުގެ ބޭރުން ބޭނުން ނުކުރުމަށްވެސް އެޖަމިއްޔާއިން މީގެން ކުރިން ގޮވާލާފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ