އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/05/2020

ޑިސްއިންފެކްޓް ކުރުމަށް ސްޕްރޭ ކުރުމުން އިންސާނުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ: ޑަބްލިޔުއެޗްއޯ

ޑިސްއިންފެކްޓް ކުރުމަށް ސްޕްރޭކުރުމަކީ މިހާރު ވަރަށް ގިނަ ޤައުމުތަކެއްގައި ކުރަމުން އަންނަ ކަމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/05/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑިސްއިންފެކްޓް ކުރުމަށް ސްޕްރޭ ކުރުމަކީ ނޮވެލް ކޮރޯނާ ވައިރަސް ނައްތާލާ ކަމެށް ނޫންކަމަށާއި، އެކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މަގުތަކާއި މާރުކޭޓު ތަށް ޑިސްއިންފެކްޓްކުރުމަށް ސްޕްރޭ ކުރުމާއި ފޮގު ކުރުމަކީ ކޮވިޑް-19 ނުވަތަ އެހެނިހެންވެސް ބަލި ފަތުރާ ޖަރާސީމު ނައްތާލުމަށް ކުރެވޭ ބޭނުން ތެރިކަމަކަށް ނުވަނީ މަގުތަކާއި މާރުކޭޓު ފަދަ ތަންތަނުގައި ހުންނަ ހިރަފުހާއި ކުނީގެ ސަބަބުން ޑިސްއިންފެކްޓަންޓްގެ ބާރު ކަނޑުވާލާތީ ކަމަށެވެ.

އަދި ކެމިކަލް ސްޕްރޭ ކުރިކަމުގައިވިޔަސް އެ ސަރަހައްދެއް އެއްކޮށް ކަވަރު ކުރެވޭވަރަށް ސްޕްރޭ ނުކުރެވުމުން ބަލި ފަތުރާ ޖަރާސީމު ނައްތާނުލެވޭއިރު، އޭގެން އިންސާނުންގެ ހަށިގަނޑަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޕޭވްމަންޓް ތަކަކީ އިންފެކްޝަން ތަކުގެ ހާއްޔެއް ނޫންކަމާއި، ބޭނުން ކުރެވޭ ޑިސްއިންފެކްޓަންޓްއަކީ ސްޕްރޭގެ ގޮތުގައި ބޭނުން ކުރުމުން، އެ ޑިސްއިންފެކްޓަންޓް ސްޕްރޭ އިންސާނާއަށް ގެއްލުން ލިބިދޭ އެއްޗަކަން ވެގެން ދަނީ އެ ސްޕްރޭގެ މައުދަންތަކަކީ އިންސާނާއަށް ގެއްލުން ހުރި އެއްޗިއްސައް ވާތީކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ޖަމިއްޔާގެ ބަޔާނުގައިވަނީ ސީދާ ޑިސްއިންފެކްޓް ކުރުމުގެ ނިޔަތުގައި ހަށިގަނޑަށް ސްޕްރޭ ނުވަތަ ފޮގުގެ ގޮތުގައި ޑިސްއިންފެކްޓަންޓް ޖެހުމަކީވެސް އިންސާނާއަށް ގެއްލުން ލިބޭނެ ކަމެއްކަމަށް ބުނެފަ އެވެ. އެގޮތުން މިގޮތަށް ސްޕްރޭ ގެ ގޮތުގައި ޑިސްއިންފެކްޓަންޓު ޖެހުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އެތަކެއް ގެއްލުމެއް ލިބުމުގެ އިތުރުން އަދި ކޮވިޑް-19 ގެ ވައިރަސް ވެސް ހަށިގަނޑުން ފިލައިގެނެއް ނުދެއެވެ.

އަދި ހާއްސަކޮށް ކްލޮރިން ސްޕްރޭ އަދި އެކިކަހަލަ ކެމިކަލް ޑިސްއިންފެކްޓަންޓްގެ ގޮތުގައި އިންސާނެއްގެ ހަށިގަނޑަށް ޖެހުމުން ، ލޮލާއި ހަމަށް އުނދަގޫވެ، އެކި ގެއްލުން ލިބިދޭ އަދި، ނޭވާލާނިޒާމާއި ގޮހޮރުގެ އެކި އެކި ބަލިތަކަށް މަގު ފަހި ވެގެން ދާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ކޮވިޑް 19 އަދި އެހެންވެސް ބަލި ފަތުރާ ވައިރަސްތަށް ފިލުވައި ނައްތާލެވޭނީ ޑިސްއިންފެކްޓަންޓް އަޅާފައި ނުވަތަ ބޭނުންކުރާ ފޮތިގަނޑެއް ނޫނީ ފޮހުމަށް ހާއްސަ ކޮއްފައިވާ އެއްޗަކުން ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަނެއް ނޫނީ އެއްޗެއް ފޮހުމުން ކަމަށެވެ. ސަބަބަކީ ކޮވިޑް-19 ވައިރަސް އޭގެ ޒާތުގައި އެތަކެއް އިރެއްވަންދެން ހަރުލާފައި ހުންނާތީއެވެ.  އަދި ތަނެއްގައި ވައިރަސް ހަރުލާފައި ހުންނަ އިރު، އެވައިރަސް ނުފަތުރާނެ ކަމަށް ބެލެވޭ ވަގުތެއް ދިރާސާއަކުން އެނގެން ނެތީމައެވެ.

ވައިރަސް އެތަކެއް މައުދަނެއްގައި ހަރުލާފަ ހުންނަ ވަގުތު ގިނަވުމާއު އެކު މި ވައިރަސް ވައިގެ ތެރޭގައި ނުވަތަ އެމައުދަނެއްގައި ވައިރަސް ހަރުލާފައި ހުންނަ ވަގުތު ދެނެގަނެވޭ ދިރާސާ ކޮއްފައިވަނީ ސައިންސް ލެބްރޮޓޮރީއެއްގައި ކަމުން މި ވައިރަސް މަގުތަކާއި މާރުކޭޓުގެ އިތުރުން "ބޭރުގައި" ހުންނަ އިރު ސާފު ކުރުމުގައި އިންތިހާއަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޑިސްއިންފެކްޓް ކުރުމަށް ސްޕްރޭކުރުމަކީ މިހާރު ވަރަށް ގިނަ ޤައުމުތަކެއްގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ތަންތަނަށް ވަންނައިރު ޑސްއިންފެކްޓް ޗޭމްބާރތައް ހުރަސްކޮށްފައި ނޫނީ ނުވަދެވޭގޮތަށް ވެސް ބައެއް ތަންތަނުގައި ހަދާފައި ހުރެއެވެ.

އެހެންނަމަވެސް މިފަދަ ގޮތަގޮތަށް ޑިސްއިންފެކްޓް ކުރުމުގެ ބަދަލުގައި ޑަބްލިޔުއެޗްއޯގެ ގައިޑްލައިން އާއި އެއްގޮތަށް ޑިސްއިންފެކްޓް ކުރުމަށް އެ ޖަމިއްޔާއިން ބާރުއަޅައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ