އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 04/05/2020

އައިޖީއެމްއެޗް އިން ފިޒިޔޯތެރަޕީ އޮންލައިންކޮށް

އައިޖީއެމްއެޗްގައި އޮންލައިންކޮށް ފިޒިޔޯތެރަޕީ (ޓެލެފިޒިއޯ) ގެ ހިދުމަތް ދޭން ފަށައިފިކަމަށް އެހޮސްޕިޓަލުން މިއަދު އިއުލާނު ކޮށްފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 04/05/2020

IGMH Telephysio
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ ސަރަހައްދު ލޮކްޑައުން އަށް ދިޔުމާއި ވިދިގެން ފެނިގެން ދިޔައީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އިންޓަރނެޓްގެ ޒަރިއްޔާއިން ހިދުމަތްތައް ފޯރުކޮށްދެން މަސައްކަތް ފެށިތަނެވެ.

އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގައި އޮންލައިންކޮށް ފިޒިޔޯތެރަޕީ (ޓެލެފިޒިއޯ) ގެ ހިދުމަތް ދޭން ފަށައިފިކަމަށް އެހޮސްޕިޓަލުން މިއަދު އިއުލާނު ކޮށްފިއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ މިހިދުމަތުގެ ދަށުން ބަލިމީހާއަށް ލިބިފައިވާ އަނިޔާ ނުވަތަ ބަލި ދެނެގަތުމަށްފަހު އެންމެ އެކަށޭނެ ކަސްރަތުތައް ބުނެދީ ރަނގަޅަށް ކުރޭތޯ ބަލާނެކަމަށެވެ. އަދި ގޭގައި ކުރެވިދާނެ ކަންކަން ކިޔައިދީ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ފެންނަ ބަދަލުތައްވެސް ކިޔައިދޭނެކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

މީގެ އިތުރުން އައިޖީއެމްއެޗް އިން ބަލިމީހުން ރަނގަޅުވަމުން އަންނަ މިންވަރު ގަވާއިދުން ބަލާ، ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެނެސްދޭނެ އެވެ.

މިފަދަ ހިދުމަތެއް އޮންލައިންކޮށް ލިބުމަކީ ދަތުރުފަތުރު ކުރުން ހުއްޓިފައިވާ ވަގުތެއްގައި ގިނަބަޔަކަށް ފަސޭހަ ވެގެން ދާނެ ކަމެކެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ މިހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:00-13:00 އަށް ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7924949 އަށް ގުޅުމަށްވެސް އެހޮސްޕިޓަލުން އެދިލައިފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ