އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/04/2020

ކޮވިޑް-19 ގެ އެންމެ އާއްމު އަލާމާތްތައް ޑަބްލިއުއެޗްއޯ އިން ހާމަކޮށްފި

މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އަމިއްލައަށް އެކަހެރިވުމަށް ނުވަތަ ސެލްފް-އައިސޮލޭޓް ވުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/04/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް މިހާތަނަށް 2.7 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު މިބަލި ވަނީ 210 ގައުމަކުން ފެނިފައެވެ. މި ނުރައްކާތެރި ބަލި ޖެހުމުން ފެންނަ އެންމެ އާއްމު އަލާމާތްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ވައިރަސް ފެތުރެމުންދާއިރު، ޑަބްލިއުއެޗްއޯ އިން އިލްތިމާސް ކުރަނީ އާއްމުން ގޭގައި ތިބުމަށެވެ. މިގޮތަށް މުޖުތަމައު ތެރޭގައި ގައިދުރު ކުރުމުގެ ސަބަބުން ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެއެވެ.

ކޮވިޑް-19 ޖެހިއްޖެނަމަ ކޮންމެ މީހަކުވެސް ކުރާނީ ތަފާތު ތަޖުރިބާއެއްކަން ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. ނަމަވެސް ބަލީގެ މައިގަނޑު އަލާމާތްތަކެއް ވާކަމަށް އެޖަމިއްޔާއިން ބުންޏެވެ.

މިއަލާމާތްތަކަކީ ގަދައަށް ހުންއައުން، ހިކިކޮށް ކެއްސުން އަދި ވަރުބަލިކަން އިހްސާސް ކުރެވުމެވެ.

މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އަމިއްލައަށް އެކަހެރިވުމަށް ނުވަތަ ސެލްފް-އައިސޮލޭޓް ވުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރެއެވެ. 

ގޭތެރޭ މިގޮތަށް އެކަހެރިވާން ޖެހިއްޖެނަމަ ވަކި ކޮޓަރިއަކާއި ފާހާނާއެއްގެ އިތުރުން ކެއުން ބުއިމަށްވެސް ވަކި ތަކެތި ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

މިއަލާމާތްތަކުގެ އިތުރުންވެސް އެހެނިހެން އަލާމާތްތައް ތަޖުރިބާ ކުރެވުމަކީ އެކަށީގެންވާކަމެއްކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އޭގެ ތެރޭގައި ނޭވާ ކުރުވުން، ގައިގައި ރިއްސުން، ކަރުގައި ރިއްސުން، ޑައެރިޔާ އަދި އަރިދަފުސް ރޯގާ ހިމެނެއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް 116 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހޮޓްލައިން ނަންބަރ 1676 އަކަށް ގުޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ