އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 22/04/2020

ކޮވިޑް-19 ގެ އެންމެ ބިރުވެރި ދުވަސްތައް އަދިވެސް އޮތީ ކުރިއަށް- ޑަބްލިއުއެޗްއޯ

މިހެން މިގޮތަށް ޑރ. ޓެޑްރޮސް ވިދާޅުވެފައިވަނީ ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 22/04/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތީ ކުރިއަށް ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެއެވެ. 

"ގަބޫލު ކުރައްވާ. އެންމެ ނުރައްކާތެރި ދުވަސްތައް އަދިވެސް އޮތީ ކުރިއަށް. މިކަންތައް ހުއްޓުވުމުގެ ގޮތުން މަސައްކަތް ކުރަމާ ހިނގާ. މިވައިރަސް މަސައްކަތްކުރާ ގޮތް އަދިވެސް ގިނަބަޔަކަށް ދަސްވެފައެއް ނުވޭ." ޑރ. ޓެޑްރޮސް ހޯމަ ދުވަހު ވިދާޅުވިއެވެ.

މިހެން މިގޮތަށް ޑރ. ޓެޑްރޮސް ވިދާޅުވެފައިވަނީ ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އޭޝިޔާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނެއެވެ. 

ނަމަވެސް ޑރ. ޓެޑްރޮސް މިގޮތަށް ގަބޫލުކުރައްވަނީ ކީއްވެގެންތޯ ތަފްސީލް އެއް ނުކޮށް ދެއްވައެވެ. މީގެ ކުރިން ޑަބްލިއުއެޗްއޯއިން ވަނީ އެފްރިކާގައި މިވައިރަސް ފެތުރެން ގާތްކަމަށް ވިދާޅުވެފައެވެ. މިގައުމުތަކުގެ ސިއްހީ ނިޒާމްތައް ކުރިއަރާފައިނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މީގެ އިތުރުން ޑރ. ޓެޑްރޮސް ވަނީ 1918 ގައި ދުނިޔޭގައި ފެތުރުނު ސްޕެނިޝް ފްލޫއާ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާ އެއްގޮތް ކުރައްވާފައެވެ. ނަމަވެސް މިހާރު ޓެކްނޮލޮޖީ ކުރި އަރައިގެން ގޮސްފައިވުމުން މިފަދަ ބަލިމަޑުކަމެއް ހުއްޓުވޭނެކަންވެސް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 178،000 މީހުންވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ