އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 22/04/2020

ކޮރޯނާވައިރަސް ފެތުރުނީ ޖަނަވާރެއްގެ ޒަރިއްޔާއިން، ލެބް އަކުން އުފެއްދި އެއްޗެއް ނޫން- ޑަބްލިއުއެޗްއޯ

މިހެން މިގޮތަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ކޮރޯނާވައިރަސް ފެތުރެން ފެށި ގޮތް ދިރާސާކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވުމުންނެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 22/04/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާފައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރެން ފެށީ ޖަނަވާރެއްގެ ޒަރިއްޔާއިން ކަމަށާއި، މިވައިރަސް އަކީ ލެބަރޮޓަރީއެއްގައި އުފެއްދި އެއްޗެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިހެން މިގޮތަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ކޮރޯނާވައިރަސް ފެތުރެން ފެށި ގޮތް ދިރާސާކުރަން މަސައްކަތް ކުރާ ކަމަށް ވިދާޅުވުމުންނެވެ.

"ލިބިފައިވާ ހުރިހާ މައުލޫމާތަކުންވެސް ފެންނަނީ މިވައިރަސް ފެތުރެން ފެށީ ޖަނަވާރެއްގެ ޒަރިއްޔާއިން ކަމަށް. މިއީ ލެބެއްގައި ނުވަތަ އެހެން ތަނެއްގައި އުފެދުނު އެއްޗެއް ނޫން." ޑަބްލިއުއެޗްއޯގެ ސްޕޯކްސްވުމަން ފަޑެލާ ޗައިބް ވިދާޅުވިއެވެ.

ހުސްވި ހަފްތާގައި ޑޮނާލްޑް ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފަންޑިންގް ދިނުން ހުއްޓާލާފައެވެ. އެމެރިކާއަކީ ޑަބްލިއެޗްއޯއަށް އެންމެ ގިނަ އަދަދަކަށް ފަންޑު ކުރާ ގައުމެވެ.

ޓަރަމްޕް ވަނީ މިޕެންޑެމިކް އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ރަނގަޅު މަސައްކަތެއް ކޮށްފައި ނުވާކަން ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން އަންގާރަ ދުވަހު ވަނީ އެޖަމިއްޔާގެ ޕާޓްނަރުންނާއި ގުޅިގެން ފަންޑިންގް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިހާތަނަށް 2.5 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 178،000 މީހުންވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ