އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/04/2020

ކޮވިޑް-19 އާއި ގުޅިގެން ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދޭކަމަށް ދެކެވެނީ ދޮގު ވާހަކަތަކެއް: އައިޖީއެމްއެޗް

މިފަދަ ވާހަކަތަކެއް މީސްމީޑިޔާގައި ދާދިފަހުން ވަނީ ފެތުރިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/04/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދޭކަމަށް ދެކެވެމުންދާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ތިބި ބަލިމީހުން ވެންޓިލޭޓަރުން ނައްޓާލައި ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދޭކަމަށް ބުނެ މީސްމީޑިޔާގައި ދާދިފަހުން ވަނީ ވާހަކަތަކެއް ފެތުރިފަ އެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ބުނީ ދިގު މުއްދަތަކަށް ވެންޓިލޭޓަރގެ އެހީ ބޭނުންވާ ބަލިމީހުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިކަމަކީ ކޮވިޑް-19 އާއި ގުޅިގެން ކުރާކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ޓްރެކިއޯސްޓޮމީ އަކީ ނޭވާލާ ހޮޅި ސާފުކުރުމަށް ނުވަތަ ފުއްޕާމެއަށް އޮކްސިޖަން ފޮނުވައި ދިނުމަށް ދޭ ސިއްހީ ފަރުވާއެކެވެ. މިއީ ބަލިމީހާގެ ކަރުގެ ބޭރުން ތަންކޮޅެއް ކަފާލުމަށްފަހު ބަލިމީހާގެ ވިންޑްޕައިޕަށް ހޮޅިއެއް ލެއްވުމަށް ކިޔާ ނަމެކެވެ.

އައިޖީއެމްއެޗުން ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތާއި ހިލާފު ވާހަކަ ނުފެތުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ