އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/04/2020

ދަރުމަވަންތަ ހޮސްޕިޓަލުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް ޤާއިމްކޮށްފި

އުމުރުން 60 އަހަރުން މަތީގެ މީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުވި މި ކްލިނިކް ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/04/2020

IGMH Dharumavantha Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅިގެން އުމުރުން ދުވަސްވީ މީހުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ޖެނެރަލް މެޑިސިން ކްލިނިކެއް ޤާއިމް ކޮށްފި އެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުވި މި ކްލިނިކް ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގަ އެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި މި ކްލިނިކްގެ ހިދުމަތްދޭން ހަމަޖެހިފައިވަނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ.  އަދި ނަމްބަރު ދޫކުރަމުންދާނީ ހެނދުނު 8:45 ން މެންދުރު 12:00 އަށް ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުންވަނީ މި ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި ހުންނަ "އެތެރެހަށީގެ ޑިޕާޓްމަންޓް ކައުންޓަރަށް" ދިއުމުން ޑޮކްޓަރަށް ދެއްކޭނޭ އިންތިޒާމް ހަމަޖެހޭނޭކަމަށް ބުނެފައެވެ.

މި ކްލލިނިކް އަކީ ދުރާލާ އެޕޮއިންޓްމަންޓް ހައްދަންޖެހޭ ކްލިނިކެއް ނޫނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފްލޫ ކްލިނިކްތައް ހުޅުވާފައެވެ. އަދި މިއަދު އައިޖީއެމްއެޗުން ހުޅުވި މި ފްލޫ ކްލިނިކާއެކު މާލޭ ސަރަހައްދުގައި ހުރި ފްލޫ ކްލިނިކްތަކުގެ އަދަދުވަނީ ހަޔަކަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ