އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 03/04/2020

ކޮވިޑް-19: މެލޭޝިޔާގައި ކޭސްތައް މިމަސްތެރޭ ދަށަށްދާނެ ކަމަށް ލަފާ ކުރެވޭ- ޑަބްލިއުއެޗްއޯ

އެގައުމުގައި ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ދަތުރު ކުރުމުގައި އަދި މީހުން އެއްވެ އުޅުމުގައި ވަނީ ބޮޑެތި ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 03/04/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މެލޭޝިއާގައި ކޮރޯނާވައިރަސް ޖެހެމުންދާ މީހުންގެ އަދަދު އޭޕްރިލް މެދުތެރެއިން ދަށަށްދާނެ ކަމަށާއި، އިންފެކްޝަން ކާވް ތިރި ކުރެވޭނެ ކަމުގެ ނިޝާންތައް ވެސް ފެންނަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ. 

އެގައުމުގައި ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ދަތުރު ކުރުމުގައި އަދި މީހުން އެއްވެ އުޅުމުގައި ވަނީ ބޮޑެތި ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.

ސައުތުއީސްޓް އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވެފައިވަނީ މެލޭޝިއާގައެވެ. މިހާތަނަށް 3،333 މީހަކު ޕޮސިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާފައި، މެލޭޝިއާގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ބައިތިއްބާފައިވާ މީހުންގެ އަދަދު އޭޕްރިލް މެދު ތެރޭގައި ދަށަށް ދާން ފަށާނެ ކަމަށެވެ. 

އެގޮތުން ޑަބްލިއުއެޗްއޯގެ މެލޭޝިޔާ، ސިންގަޕޯ އަދި ބުރުނާއީގެ ރެޕްރެސެންޓޭޓިވް ޔިންގް-ރު ލޯ ބުނެފައިވަނީ ހޮސްޕިޓަލުތަކުގައި ބައިތިއްބާފައިވާ ހާލަތު ސީރިއަސް މީހުންގެ އަދަދު އެންމެ ގިނަ ވާނީ ދެން އަންނަ ހަފްތާގައި ކަމަށާއި، އެހެންނަމަވެސް މި ލަފައަށް ބަދަލުވެސް އައިސްދާނެ ކަމަށެވެ.

މެލޭޝިޔާގައި ކޭސްތައް ދަށްވަމުންދާ ވަރަކަށް ގައުމުގެ ސިއްހީ މުއާސަސާތަކަށް ލުއިވާން ފަށާނެކަމަށްވެސް ލޯ ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު އަޅަމުންދާ ސަލާމަތީ ފިޔަވަޅުތައް އެޅުން ހުއްޓާލައި، ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތައް ގަބޫލު ނުކޮށް މީހުން ބޭރަށް ނުކުންނަން ފަށައިފިނަމަ މި އަދަދު ކޮންޓްރޯލް ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. 

ހަމައެއާއެކު ލޯ ބުނެފައިވަނީ މިހާރު މެލޭޝިއާގައި ވައިރަސް ފެތުރެމުންދާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ކަންކަމުން، ގައުމުގައި މި ވައިރަސް ބޮޑު އަދަދަކަށް ފެތުރޭނެ ކަމަށް ނުދައްކާ ކަމަށެވެ.

މެލޭޝިއާގައި ވައިރަސް ޖެހިފައިވާ މީހުން ޓެސްޓް ކުރަމުންދާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު 7،000 މީހުން ޓެސްޓް ކުރެއެވެ. 

މެލޭޝިޔާގެ ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ އެ ގައުމުން އުންމީދުކުރަނީ ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު މިމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި މަދު ކުރެވޭނެކަމަށެވެ. އަދި މެލޭޝިއާގައި އައިސީޔޫގައި ބައިތިއްބާފައިވާ މީހުންގެ އަދަދު 108 އަރާފައިވާއިރު، މި ގައުމުގައި ވައިރަސްގެ ސަބަބުން 53 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ