އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 28/03/2020

ކޮވިޑް-19: ބައްޔަށް ފަރުވާދެވޭނެ ބޭސްތައް ހޯދުމަށް ޑަބްލިއުއެޗްއޯ އިން ތާރީހީ ޓެސްޓުތަކެއް ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވޭނެ 4 ބޭހެއް ޓްރައިލްގައި ބޭނުން ކުރަމުންނެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 28/03/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސްއަށް ފަރުވާދެވޭނެ ގޮތްތަކުގެ ޓްރައެލްއަށް ފުރަތަމަ ފަހަރަށް ނޯރވޭ އަދި ސްޕެއިންގެ ޕޭޝަންޓުން ފޮނުވައިފި ކަމަށް ޑަބްލިއުއެޗްއޯ އިން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވޭނެ 4 ބޭހެއް ޓްރައިލްގައި ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި މެލޭރިއާއަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ކްލޮރޮކުއިން އަދި ހައިޑްރޮކްސިކްލޮރޮކުއިން އަދި އެންޓިވައިރަލް ކޮމްޕައުންޑް އެއް ކަމަށްވާ ރެމްޑެސިވިރްގެ އިތުރުން އެޗްއައިވީއަށް ބޭނުންކުރާ ބައެއް ބޭސްތައްވެސް ހިމެނެއެވެ.

ކްލޮރޮކުއިން އަދި ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކުރިންވެސް ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުން ކޮށްފައިވާ ބޭސްތަކެކެވެ. ފްރާންސްގައި ކުރިއަށް ގެންގޮސްފައިވާ ކުޑަ ދިރާސާއެއްގައި މި ބޭސް ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމުގައި ބޭނުން ކޮށްފައިވާކަން ވަނީ ހޯދިފައެވެ. އެހެންނަމަވެސް މިއީ ފަރުވާއެއްކަން ޔަގީންވެފައިނުވާ ކަމަށާއި، މި ބޭސް ބޭނުން ކުރެވޭނީ އިތުރަށް ޓެސްޓްތައް ކުރިއަށް ގެންދިއުމަށް ފަހުގައި ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. 

ސައިންސްވެރިން ދަނީ މި ވައިރަސްއަށް ފަރުވާ ދިނުމުގައި އެޗްއައިވީއަށް ބޭނުން ކުރާ ބައެއް ބޭސްތައް ބޭނުންކުރުމަށް ބަލާފައެވެ. އަދި ޕޭޝަންޓުންގައިގާ ވައިރަސް ހުންނަ މުއްދަތު ކުޑަކުރުމުގެ ބޭނުމުގައި ޔޫއެސް އާއި ޗައިނާގެ ބައެއް ސިއްހީ މުއައްސަސާތަކުން ދަނީ ރެމްޑެސިވިރް ނަމަކަށް ކިޔާ ބޭހެއްވެސް ބޭނުންކުރަމުންނެވެ. 

ކޮވިޑް-19 އަށް ފަރުވާދެވޭނެ ގޮތްތަކެއް އަދި ހޯދިފައިނުވިނަމަވެސް މިކަމާ ގުޅިގެން އެކި ކްލިނިކަލް ޓްރައިލްތައް މިހާރު ކުރިއަށް ގެންދެމުން އެބަ ދެއެވެ. އެގޮތުން މި ޓްރައިލްތައް ކުރިއަށް ގެންދަނީ މި ބޭސްތައް މަސައްކަތް ކުރާ ގޮތް ރަނގަޅަށް ދެނެގަނެ މަސައްކަތް ކުރާ ބޭހާއި އެ މަސައްކަތް ކުރާގޮތުގެ މައުލޫމާތު ހޯދުމަށެވެ.

މީގެއިތުރުން ޑަބްލިއުއެޗްއޯއިން ވަނީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ބޭނުން ކުރުމަށް ޔަގީންކަން ދީފައިނުވާ ބޭސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ވަކި ބޭހެއްގެ ނަން ބުނެފައި ނުވިނަމަވެސް ބައެއް މީހުން އަންނަނީ ކްލޮރޮކުއިން އާއި އެޒިތުރޮމައިސިން އެއްކޮށްގެން ކޮވިޑް-19 އަށް ފަރުވާދިނުމުގައި ބޭނުން ކުރަމުންނެވެ.

ހަމައެއާއެކު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ބުނެފައިވަނީ މި ވައިރަސްއަށް ހަދަމުންދާ ވެކްސިން އުފެއްދުމަށް އަދި ޓެސްޓްތައް ކުރިއަށް ގެންދިއުމަށްފަހު 18-12 މަސްދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި 500،000 އަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު މި ވައިރަސްގެ ސަބަބުން 20،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ބުނެފައިވެއެވެ.

އެހެންނަމަވެސް މި އަދަދަށް މީހުންމަރުވެފައިވާއިރު 100،000 މީހުންނަށް ވުރެ ގިނަ މީހުން މި ބަލިން ފަސޭހަ ވެފައިވާކަން ހަނދާން ކުރަން ޖެހޭކަމަށް ޓެޑްރޮސް ބުނެފައިވެއެވެ. 

އަދި އެންމެން އެކުގައި މި ބަލިން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެންމެން މި މަސައްކަތްކުރަނީ އެއް ކަމަކުން ސަލާމަތްވުމަށް ކަމަށްވެސް ޓެޑްރޮސް ފާހަގަ ކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ