އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 21/03/2020

އިރުޝާދުތަކަށް ސަމާލު ނުވާނަމަ ޒުވާނުންނަށްވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑު- ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަން ނުދެވުމަކީ ޒުވާން އުމުރުފުރައިގެ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެއް ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 21/03/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 280،000 އަށް އަރާފައިވާއިރު، ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 11،000އަށް އަރާފައެވެ. 

މި ވައިރަސްއާ ގުޅޭގޮތުން ތަފާތު މައުލޫމާތުތަކާއި، ވައިރަސްއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމުގެ އިރުޝާދު ދެވިފައިވާއިރު، މި އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ނުކުރާ އުމުރުން ދުވަސްނުވާ ބޮޑަތި މީހުން އުޅޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ. 

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަން ނުދެވުމަކީ ޒުވާން އުމުރުފުރައިގެ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެއް ކަމަށެވެ.

އޮންލައިން ކޮންފަރެންސްއެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވިނަމަވެސް، އުމުރުން ދުވަސްނުވާ ބޮޑަތި މީހުންނަށްވެސް މި ވައިރަސް ޖެހޭކަމަށެވެ. އަދި މި އުމުރުފުރާގެ މީހުންނަށްވެސް މި ވައިރަސް ޖެހޭނެކަމަށާއި، މީގެ ސަބަބުން ދުވަސްތަކެއް ހޮސްޕިޓަލުގައި ހޭދަކުރަންޖެހި، ނުވަތަ މި ވައިރަސްގެ ސަބަބުން މަރުވެދާނެކަމަށްވެސް ޓެޑްރޮސް ބުނެފައިވެއެވެ. 

މި ވައިރަސް ޖެހިފައިނުވާނަމަވެސް، ވަގުތު ހޭދަކުރާ ތަންތަނާއި، ދާ ތަންތަނުގެ ސަބަބުން އެހެން މީހެއްގެ ފުރާނައަށް ނުރައްކާތެރި ވެދާނެކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ޗައިނާއިން ވައިރަސް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައިވާ ގޮތަށް އަލިއަޅުވާލަމުން ޓެޑްރޮސް ބުނެފައިވަނީ ހާލަތު ކިތަންމެ ގޯސްވެފައިވިނަމަވެސް އެކަމަށް ބަދަލު ގެނެވޭނެކަމަށެވެ. އެހެންނަމަވެސް މިހެން ކަންތައް ކުރުމަށް އިރުޝާދުތަކަށް ބޯލަނބާ، އެ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތް ކުރުން މުހިންމެވެ.

ހޯދުންތަކުން ދައްކާގޮތުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި ވައިރަސް ޖެހުމުގެ ފުރުސަތުވެއެވެ. އެހެންނަމަވެސް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެ ވައިރަސް ނުރައްކާތެރިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ދާއިމީ ބައްޔަކަށް ފަރުވާކުރަމުންދާ މީހުންނަށެވެ.

ޑަބްލިއުއެޗްއޯއިން މިހާރު ސޯޝަލް ޑިސްޓެންސިންގެ ބަދަލުގައި ފިސިކަލް ޑިސްޓެންޓްވާން ވަނީ ބުނެފައެވެ. އެކަކު އަނެކަކާ ދުރުން އުޅުމަށް އިލްތިމާސް ކުރަމުން ޑަބްލިއުއެޗްއޯގެ އެޕިޑެމިއޮލޮޖިސްޓް ޑރ. މަރިއާ ބުނެފައިވަނީ ދުރުން އުޅުމަށް ބުނަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށާއި، އެހެންނަމަވެސް އެކަކު އަނެކަކާ ގުޅުން އޮންނަން ބޭނުންވާ ކަމަށެވެ. 

އެހެންކަމުން އިންޓަނެޓް މެދުވެރިކޮށް ނުވަތަ އެހެން ގޮތްގޮތުން އެކަކު އަނެކަކާ ގުޅުން ބާއްވަންވާނެކަމަށް ޑރ. މަރިއާ ވަނީ ބުނެފައެވެ. ސަބަބަކީ މީހާގެ ސިއްހަތާ އެއްވަރަށް އެމީހެއްގެ މެންޓަލް ހެލްތުވެސް މުހިންމުވުމުން ކަމަށް ޑރ ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާއިން ފެނިފައިވާ ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުންދަނީ ޔޫރަޕްގައެވެ. އިޓަލީގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ވައިރަސްގެ ސަބަބުން 4،032 މީހުން ވަނީ މަރުވެފައިވާއިރު، މިއީ މި ވައިރަސް ފެތުރެމުންދާ ހުރިހާ ގައުމެއްގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. 

ހުރިހާ ގައުމަކުން މި ވައިރަސް ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާއިރު ރާއްޖެއިންވެސް ދަނީ ހަމަ މިފަދައިން މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި ވައިރަސް ޖެހުނު 13 މީހުންގެ ތެރެއިން މި ވައިރަސްއިން 3 މީހަކު ވަނީ މިހާރު ސަލާމަތްވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ