އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 21/03/2020

ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ހާލަތު ގޯސްވެދާނެ، އެކަމަށް ސަމާލުވޭ: ޑަބްލިއުއެޗްއޯ

މިކަމާ ބެހޭގޮތުން ހެދި ދިރާސާއަކުން ދައްކަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ކުޑަކުދިންގެ ތެރެިން 6 އިންސައްތަ ކުދިން ސީރިއަސް ހާލަތަށް ދާ ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 21/03/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޑަކުދިންގެ ގައިން ފެންނަ އަލާމާތްތައް ގޯސްވާކަމަށް ހޯދުން ތަކުން ދެއްކުމުގެ ސަބަބުން، ކުޑަ ކުދިން ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބެލެނިވެރިންނަށް އިލްތިމާސް ކޮށްފިއެވެ. 

ފަހުގެ ހޯދުންތަކަކުން ދައްކާގޮތުގައި ޗައިނާގައި މި ވައިރަސް ޖެހިފައިވާ ކުޑަކުދިން ތަކެއްގެ ގައިން ފެންނަމުން ދިޔަ އަލާމާތްތައް އިތުރަށް ގޯސްވެ އެއް ކުއްޖަކު ވަނީ މަރުވެފައެވެ. މިކަމާ ގުޅޭގޮތުން ޑރ. މަރިއާ، ޑަބްލިއުއެޗްއޯގެ އެމާޖިންގް ޑިޒީޒަސް އެންޑް ޒޫނޮސިސް ޔުނިޓްގެ ހެޑް ބުނެފައިވަނީ ކުޑަކުދިންގެ ގައިން ފެންނަ އަލާމާތްތައް ގޯސްވެދާނެ ކަމަށާއި، އެކަމަށް ތައްޔާރުވެގެން ތިބެންޖެހޭ ކަމަށެވެ. 

ޖާރނަލް ޕީޑިއެޓްރިކްސްގައި ޝާއިއު ކޮށްފައިވާ ހޯދުމެއްގައި ޗައިނާގައި ވައިރަސް ޖެހިފައިވާ ނުވަތަ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 2،143 ކުޑަ ކުދިންގެ ކޭސް ބަލާފައިވެއެވެ. މީގެ ތެރެއިން 90 އިންސައްތަ އަށް ވުރެ ގިނަ ކޭސްތަކުގައި އެއްވެސް އަލާމާތެއް ފެނިފައިނުވާއިރު، ބައެއް ކޭސްތަކަކީ މެދުމިންވަރެއްގެ ކޭސްތަކެވެ. އެހެންނަމަވެސް 6 އިންސައްތަ ކުޑަކުދިންގެ ކޭސްތަކަކީ ކްރިޓިކަލް ނުވަތަ ހާލަތު ގޯސް ކޭސް ތަކެވެ.

މިހެން ވަމުންދާނީ ސަބަބުތަކަކާއި އެކު ކަމަށް ބުނެ ސްޓޭންފޯރޑްގެ ޑިޒީޒް އެކްސްޕާރޓް ބޮނީ މެލްޑޮނާޑޯ ބުނެފައިވަނީ ކުޑަ ކުދިންނަށްވުރެ ބޮޑަތި މީހުންނަށް އަމާޒުކޮށްގެން ޓެސްޓް ކުރުމުން ކަމަށް ވެދާނެކަމަށެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ގެ ކޭސްތައް މަދު ވެފައިވަނީ ކުޑަކުދިންގެ ގައިން ފެންނަ އަލާމާތްތައް ގޯސް ނުވުމުން އެ ކަން އަންގަން ޖެހޭ ފަރާތްތަކަށް އެންގިފައިނުވާތީކަމަށް ވެސް ބުނެފައިވެއެވެ.

"ކުޑަކުދިންގެ ގައިން ފެންނަ އަލާމާތްތައް ގޯސްވެދާނެ، އެކަމަށް ތައްޔާރުވެގެން ތިބެންޖެހޭ" ޑރ. މާރިއާ

މި ވައިރަސް ފެތުރެން ފަށާފައިވަނިކޮށް، ރިސާޗާރސް ބުނެފައިވަނީ މި ވައިރަސްގެ އަސަރު ބޮޑަށް ކުރާކަމަށް ބެލެވެނީ އުމުރުން ދުވަސްވީ މީހުންނަށާއި، ދާއިމީ ބައްޔަކަށް ފަރުވާކުރަމުން އަންނަ މީހުން ނުވަތަ އެފަދަ ބައްޔެއް ހުރި މީހުންނަށް ކަމަށެވެ. 

މި ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކަރުގައި ރިއްސުން، ހުން އައުން، ނިއުމޯނިއާ ފެންނާނެ ކަމަށާއި، މި އަލާމާތްތައް ގޯސްވުމުން އޯގަން ފެއިލްވެ ބައެއް ކޭސް ތަކުގައި މަރުވާކަމަށްވެސް ބުނެފައިވެއެވެ.

ޖަނުއަރީ 30 ގައި ކުރިއަށް ގެންގޮސްފައިވާ ހޯދުމެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް ޖެހޭ އެވަރޭޖް އުމުރަކީ 55 އަހަރު ކަމަށެވެ. މި ހޯދުންތައް ހުރިއަށް ގެންދިއުމުގެ ގޮތުން ޖެނުއަރީ 1 އިން ޖަނުއަރީ 20 އަށް ވޫހާންގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދިޔަ 99 ޕޭޝަންޓުންނަށް ބަލާފައިވެއެވެ. 

އަދި އުމުރުން ދުވަސްވީ ވަރަކަށް މި ވައިރަސް ޖެހުމުގެ ފުރުސަތުވެސް އިތުރުވާކަމަށް ބުނެފައިވެއެވެ. އެގޮތުން 80 އަހަރުން މަތީ މީހުންނަށް މި ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެކި އުމުރުގެ މީހުންގެ ގައިން ފެންނަމުންދާ އަލާމާތްތަކުގައި ތަފާތު ކަމެއް ހުރުމަކީ އެހެން ނޭވާލާ ނިޒާމުގެ ބަލިތަކުގައިވެސް ވާކަމެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން ސީސަނަލް ފްލޫ އަކީ ކުޑަކުދިންނަށް ވުރެ ބޮޑަށް ބޮޑަތި މީހުންގެ ގައިން އަލާމާތްތައް ގޯސް ކަމަށް ފެންނަ ބައްޔެއްކަމަށްވެސް ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ