އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 06/03/2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު މަދު ވެއްޖެ: ޑަބްލިއުއެޗްއޯ

ސަލާމަތަށް ބޭނުންކުރަމުން އަންނަ ވަސީލަތްތައް މަދުވުން އިތުރުވަމުންދާ ކަމަށާއި މިކަން މިހެންވެގެންދަނީ ނުރަނގަޅު ގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށް ބުނެފައިވެއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 06/03/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން ރައްކާތެރިކޮށް ތިބުމަށް ހެލްތު ވޯކަރުން ބޭނުންކުރަމުން އަންނަ ވަސީލަތްތައް މަދުވާކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އެދޮނަމް ގެބްރޭސިސް އަންގާރަ ދުވަހު ބުނެފިއެވެ. 

ޗައިނާގެ އިތުރުން ތަފާތު ތިން ހިސާބެއްގެ ތިން ގައުމަކަށް މި ވައިރަސް ފެތުރިފައިވާއިރު، ގައުންސް އާއި މާސްކް ފަދަ ތަކެތި މަދުވުމުން ކޮވިޑް-19 ވައިރަސްއަށް ފަރުވާދެމުންދާ ހެލްތު ވޯކަރުންގެ ނުރައްކަލަށް ވެދާނެކަމަށް އޭނާ ބުނެފައިވެއެވެ. 

އެގޮތުން ސަލާމަތަށް ބޭނުންކުރަމުން އަންނަ ވަސީލަތްތައް މަދުވުން އިތުރުވަމުންދާ ކަމަށާއި މިކަން މިހެންވެގެންދަނީ ނުރަނގަޅު ގޮތުގައި ބޭނުން ކުރަމުންދާތީ ކަމަށް ބުނެފައިވެއެވެ. އަދި ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެފައި ވުމުން ކަމަށް ވެސް ބުނެފައިވެއެވެ. ހަމައެއާއެކު ސާރޖިކަލް މާސްކްގެ އަގުތަކާއި، N95 ރެސްޕިރޭޓާރ އަދި ގައުންގެ އަގުތައް މައްޗަށް ގޮސްފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ މިފަދަ ވަސީލަތްތަކުގެ 500،000 ސެޓު 27 ގައުމަކަށް ފޮނުވާފައިވާއިރުވެސް ވަސީލަތްތައް ދަނީ މަދުވަމުންކަމަށެވެ. އަދި މީގެ 40% އިތުރުވާން ޖެހޭ ކަމަށާއި، މި ވަސީލަތްތައް އުފެއްދުން އިތުރު ކޮށްދިނުމަށް ޓެޑްރޮސް ބުނެފައިވެއެވެ.

ސަލާމަތީ ވަސީލަތްތައް މަދުވުމުގެ ވާހަކައިގެ އިތުރުން ޓެޑްރޮސް އެދޮނަމް ގެބްރޭސިސް ބުނެފައިވަނީ ޖެނުއަރީ 20 އިން ފެށިގެން ޗައިނާއިން ކޮރޯނާވައިރަސް އަލަށް ޖެހިފައިވާ މީހުންގެ އަދަދު އެންމެ މަދުން ބުނެފައިވަނީ ހޯމަ ދުވަހުގައި ކަމަށެވެ. އަދި 2000 މީހުން ހޯމަ ދުވަހު ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު އޭގެން 80% އަކީ ސައުތު ކޮރެއާ، އީރާން އަދި އިޓަލީއިން ކަމަށްވެސް ބުނެފައިވެއެވެ.

އަދި މިކަމަކީ ހަމަ އެކަނި ޑަބްލިއުއެޗްއޯއިން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެންމެން އެކުގައި މަސައްކަތް ކުރުމަށް ޓެޑްރޮސް ބުނެފައިވެއެވެ. އަދި ހުރިހާ ގައުމެއްގައިވެސް އެންމެންގެ ރައްކަލަށްޓަކައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ވިސްނަން ޖެހޭނެކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ