އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/03/2020

ކޮވިޑް-19 އަށް ޓެސްޓުކުރާނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް: އައިޖީއެމްއެޗު

ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހެދީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/03/2020

IGMH WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައިޖީއެމްއެޗްގައި ކޮވިޑް-19ގެ ސާމްޕަލްތައް ތަހުލީލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ތަހުލީލު ކުރަން ގެންނަ ކޮންމެ ވައްތަރެއްގެ ސާމްޕަލަކާ މެދު ވެސް އަމަލު ކުރާނީ، އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. 

އެއީ، ނުރައްކާތެރި އަދި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލަކަށް ވިޔަސް، އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.

އަދި ނުރައްކާތެރި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލްއެއް ތަހުލީލު ކުރި ނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ ލެބޯޓްރީގައިވެސް ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާ "ސްޓެންޑާޑް ޕްރެކްޓިސް" އާއި "ޕްރޮޓޮކޯލް" ތަކާ އެއްގޮތަށް ސަލާމަތީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހޮސްޕިޓަލުގެ މެނޭޖްމެންޓުން އަބަދު ވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ." އައިޖީއެމްއެޗުގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭގޮތް ހެދީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓެސްޓުކުރީ ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ