އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/02/2020

މާލޭގައި ހަލުވިކަމާއެކު ރޯގާ އާއި ފާނަބަސަނދު ފެތުރެނީ

މިކަމަށް ސަމާލުވުން އެދި އައިޖީއެމްއެޗް އިން ވަނީ އިއުލާނެއް ނެރިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/02/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރު މާލޭގައި ހަލުވިކަމާއެކު އަރިދަފުސް ރޯގާ އާއި ފާނަބަސަނދު ފެތުރެމުންދާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗުން) ބުނެފި އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓްގައިވަނީ މާލޭގައި މިދުވަސްވަރު ރޯގާ އަދި ފާނަބަސަނދު ފެތުރެމުންދާތީވެ، އަމިއްލަ އަދި އެހެންމީހުންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބަލިމީހުންނާއި އަމިއްލަ ރައްކާތެރިކަމަށްޓަކައި ވަކި ފަރާތްތަކެއް މި ދުވަސްވަރު ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

ބަލިމީހުންގެ ގާތަށް މިދުވަސްވަރު ޒިޔާރަތް ނުކުރަންވީ ފަރާތްތައް:

  • ފާނަބަސަނދު ޖެހިގެން އުޅޭ މީހުން (ފާނަބަސަނދަށް އެއްގޮތަކަށްވެސް ވެކްސިން ޖަހާފައިނުވާ މީހުން ނުވަތަ ދެ ޑޯޒު ހަމަނުވާ މީހުން)
  • ކުޑަކުދިން
  • ދިފާއީ ނިޒާމު ބަލިކަށި ފަރާތްތައް
  • އުމުރުން ދުވަސްވީ މީހުން
  • ރޯގާޖެހި، ހުންއައިސް، ކިނިބިހި އަޅާ ކެއްސާ މީހުން

އައިޖީއެމްއެޗުން ބުނިގޮތުގައި ފާނަބަސަނދުގެ އަލާމާތެއް ނުފެނުނުކަމުގައި ވިނަމަވެސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރިއްޔާއިން ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ.

ފާނަބަސަނދުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ހަށިގަނޑުގައި ރަތްކުލައިގެ ކުދި ބިހި ނެގުމާއި، ކާހިތްނުވުމުގެ އިތުރުން ގައިގަ ރިއްސުން ފަދަ އަލާމާތްތަކެވެ.

އައިޖީއެމްއެޗްގެ ޓްވީޓްގައި ވާގޮތުން މި ދުވަސްވަރު ފެތުރެމުންދާ ބަލިތަކުން ރައްކާތެރިވުމަށް އަދި ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކެއްސާ ކިނބިހި އަޅާއރު، ނޭފަތާއި އަނގަމަތި ނިވާކުރުން
  • ސައިބޯނި ލައިގެން ގިނައިން އަތްދޮވުން ނުވަތަ ސެނިޓައިޒާރއެއް ބޭނުންކުރުން
  • އަތްދޮވެގެން މެނުވީ ލޯ، ނޭފަތް އަދި އަނގައިގައި އަތްނުލުން
  • ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން މާސްކް ބޭނުންކުރުން
  • ބޭނުންކޮށްފައި ހުންނަ މާސްކް/ޓިޝޫ ކޮތަޅަކަށް ލާ ބަންދުކުރުމަށްފަހު ކޮތަޅުލާފައިހުރި ޑަސްޓްބިނަކަށް ލުން
  • އިންފުލުއެންޒާ، އެމް.އާރް، ފާނަބަސަނދު ވެކްސިން ނުނަގާ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފާގެދަށުން އަވަހަށް ވެކްސިންތައް ހަމަކުރުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ