އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/02/2020

ފުރަތަމަ އުފެއްދި ކޮރޯނާވައިރަސް ވެކްސިން އިންސާނުންނަށް ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ

އެމެރިކާގެ ސަރުކާރާއި ހަވާލުކުރި ވެކްސިންގައި ހިމެނެނީ ޖުމްލަ ދެ ޑޯޒެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/02/2020

Vaccine Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް- 19) އާއި ދެކޮޅަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެއެވެ.

ވޯލް ސްޓްރީޓް ޖާރނަލް ވާގޮތުން މި ވެކްސިން އުފައްދާފައިވަނީ ބެތެސްޑާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަންސް އިންނެވެ. އަދ އެ އިންސްޓިޓިއުޓުން މި ވެކްސިން މިހާރުވަނީ އެމެރިކާގެ ސަރުކާރާއި ހަވާލުކޮށްފަ އެވެ. 

އެނގިފައިވާގޮތުގައި އެމެރިކާގެ ސަރުކާރާއި ހަވާލުކުރި ވެކްސިންގައި ހިމެނެނީ ޖުމްލަ ދެ ޑޯޒެވެ. މި ދެ ޑޯޒަކީ ކޮރޯނާވައިރަހުން ދިފާއުކޮށްދިނުމަށްޓަކައި ބޮޑު މީހަކަށް ދިނުމަށް ތައްޔާރުކޮށްފައިވާ ޓްވިން-ޑޯޒެކެވެ.

އަދި ކޮރޯނާވައިރަސް ވެކްސިނުން އިންސާނުން ޓެސްޓުކުރަން ތައްޔާރުވަމުންދިޔަ ނަމަވެސް، މީގެ ފުލް ވެކްސިން ތައްޔާރުވާނޭ ކަމަށް ބެލެވެނީ މިއަހަރުގެ ޖުލައި ހިސާބުގަ އެވެ. އާއްމުގޮތެއްގައި ވެކްސިން ތައްޔާރުވާ މުއްދަތާއި އަޅާބަލާއިރު ކޮރޯނާވައިރަސްގެ ވެކްސިން ތައްޔާރުކުރުމުގެ ސްޕީޑް މާބޮޑަށްވެސް އަވަސްކަމުގައި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޮރޯނާވައިރަސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަވެފައިވީ ކަމަގައި ވިނަމަވެސް އެ ވެކްސިން އިންސާނުންނަށް ދިނުމުގެ ކުރިން އަދި އެތަކެއް ގިނަ ތަހްލީލްތަކެއް ދިރާސާކުރާ ފަރާތްތަކުން ކުރާނެއެވެ. އޭގެއިތުރުން ވެކްސިންގެ އަސަރު ހަށިގަނޑަށް ކުރިނަމަވެސް އަދި އެ ވެކްސިން ހަށިގަނޑުގައި ދެމި ހުންނަ ވަގުތުވެސް ދެނެގަންނަޖެހޭނެ އެވެ.

މީގެއިތުރުން ވެކްސިންގެ ސަބަބުން ކުރިމަތިވެދާނެ ސައިޑް އިފެކްޓްސްތައް ދެނެގަނެ، އާއްމުގޮތެއްގައި މީހުން ބޭނުންކުރާ ބޭހުގެ ސަބަބުން ވެކްސިންޖަހާފައިވާ މީހެއްގެ ހަށިގަނޑަށް އަންނަ ބަދަލުތައްވެސް ދެނެގަންނާނެ އެވެ.

އެ ވެކްސިން އިންސާނުންނަށް ދިނުމުގެ ކުރިން އަދި އެތަކެއް ގިނަ ތަހްލީލްތަކެއް ދިރާސާކުރާ ފަރާތްތަކުން ކުރާނެ

ކޮވިޑް – 19އަށް އެތައް ޤައުމެއް ދަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ އެއް އިވެންޓްކަމަށްވާ މޯބައިލް ވޯލްޑް ކޮންގްރެސް ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އަދި ކުރިއަށް އޮތް ޓޯކިޔޯ އޮލިމްޕިކްސް 2020 އަށްވެސް މީގެ އަސަރުކުރާނޭކަމަށް ވަނީ ބެލެވިފަ އެވެ.

ހަމައެހެންމެ ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީގޮތުން ވަނީ މަނާކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ