އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/01/2020

އައިޖީއެމްއެޗަށް 72 އަހަރު- އައިސްފައިވާ ބަދަލުތަކާއި މެދު ހިތްހަމަޖެހޭތަ؟

އައިޖީއެމްއެޗްގެ ތާރީހުގައި ފާހަގަނުކުރެވޭ ގިނަ ލަނޑުދަނޑިތަކެއް އެ ހޮސްޕިޓަލުން ފާއިތުވި ކުރުމުއްދަތުގެ ތެރޭގައި ވަނީ ހާސިލްކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/01/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއަށް 72 އަހަރު ފުރުނު ދުވަހެވެ. 1948 ވަނަ އަހަރު ސަރުކާރުން ބިންގާއަޅައި ހުޅުވި "ޑޮކްޓަރުގޭ" ތަރައްޤީވެ މިހާރު އެއް ފުރާޅެއްގެ ދަށުން އެތަކެއް ހިދުމަތްތަކެއް ލިބޭ ފެންވަރުގެ ހޮސްޕިޓަލްއަކަށް އައިޖީއެމްއެޗް މިވަނީ ތަރައްޤީވެފަ އެވެ. 

1948 ވަނަ އަހަރު "ޑޮކްޓަރުގޭ" ގެ ނަމުން ސެންޓްރަލް ހޮސްޕިޓަލްގެ ނަމަށްވެސް އައިޖީއެމްއެޗްގެ ނަން ވަނީ ބަދަލުކުރެވިފައެވެ. އަދި މިހާރު އެންމެ ދަންނަ "އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަމަށް އިމާރާތުގެ ނަން ބަދަލުކޮށްފައިވަނީ 1995 ވަނަ އަހަރުގެ ޖެނުއަރީގައެވެ.

އައިޖީއެމްއެޗްގެ ތާރީހުގައި ފާހަގަނުކުރެވޭ ގިނަ ލަނޑުދަނޑިތަކެއް އެ ހޮސްޕިޓަލުން ފާއިތުވި ކުރުމުއްދަތުގެ ތެރޭގައި ވަނީ ހާސިލްކޮށްފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ 25 ބުރީގެ އިމާރާތެއްކަމަށްވާ ދަރުމަވަންތަ ކޮމްޕްލެކްސް އެވެ. 

ގިނަ އޯ.ޕީ.ޑީގެ ހިދުމަތްތަކާއެކު ތަރއްޤީކޮށްފައިވާ ދަރުމަވަންތަ ކޮމްޕްލެކްސްއިން ރޭޑިއޮލޮޖީ، ނާރުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ފަރުވާ މިހާރު ދަނީ ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ ޖނެރަލް ސާޖަރީ، ފިޒިއޮތެރަޕީ  ފަދަ ހިދުމަތްތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ. 

ދަރުމަވަންތަ ކޮމްޕްލެކްސްގެ އިތުރުން އައިޖީއެމްއެޗްވެސް މިހާރުވަނީ ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗުގައި ބަލިމީހުން ބައިތިއްބައިގެން ފުއްޕާމޭގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ޑިޕާޓްމެންޓެއް ވަނީ ޤާއިމްކޮށްފަ އެވެ. 

ދިވެހިރާއްޖޭގައި މެޑިސިންގެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް އެހީތެރިވެދިނުމުގެ ގޮތުން އައިޖީއެމްއެޗުން ދަނީ ގިނަ މަސއްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިން އުފެދިގެން އައުމެވެ. އަދި އަލަށް އުފެދިގެން އަންނަ ޑޮކްޓަރުންނަށް އަމަލީ ތަޖުރިބާ ދިނުމަށްޓަކައި އައިޖީއެމްއެޗުން މިހާރުވެސް އަންނަނީ އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ހިދުމަތް ލިބިގަންނަމުންދާ މި ހޮސްޕިޓަލަކީ އެތައް ދިވެހިންނެއްގެ އުއްމީދުތަކާއި ގުޅިލާމެހިފައިވާ ހޮސްޕިޓަލެކެވެ. އައިޖީއެމްއެޗަށް މިފަހަކަށް އައިސް އައި ގިނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަކުލުހުޅުގެ އޮޕަރޭޝަންތަކާއި އަދި ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރަކީ ވެސް އެކަމަށް ދިވެހިން އެންމެ ބޮޑަށް އެދިއެދި ތިބި ކަންކަމެވެ. 

ހަމައެހެންމެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އައިޖީއެމްއެޗް އެކްރެޑިޓް ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ