އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 08/01/2020

މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބެޗް އައިޖީއެމްއެޗްގައި ފަށައިފި

19 ދަރިވަރުންނާއެކު މިޕްރޮގްރާމްގެ އޮރިއެންޓޭޝަން އަދި މައުލޫމާތު ދިނުމުގެ ސެޝަންތައްވަނީ 5 ޖެނުއަރީ އިން ފެށިގެން 7 ޖެނުއަރީ 2020 ގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ހިންގާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 08/01/2020

Internship IGMH Medical Internship Program
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެއިޖީއެމްއެޗްގައި ހިންގާ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމްގެ ހަތަރުވަނަ ބެޗް ފަށައިފިއެވެ.

އެގޮތުން 19 ދަރިވަރުންނާއެކު މިޕްރޮގްރާމްގެ އޮރިއެންޓޭޝަން އަދި މައުލޫމާތު ދިނުމުގެ ސެޝަންތައްވަނީ 5 ޖެނުއަރީ އިން ފެށިގެން 7 ޖެނުއަރީ 2020 ގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ހިންގާފައެވެ. އަދި އަމަލީ މަސައްކަތް 11 ޖެނުއަރީގައި ފަށާނެކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

އިންޓާރންޝިޕް ޕްރޮގްރާމްއަކީ އެމްބީބީއެސް ނުވަތަ އެމްޑީ ޑިގްރީ ނިންމުމާއެކު ޑޮކްޓަރެއްގެ ލައިސަންސް ލިބުމުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ހޮސްޕިޓަލެއްގައި މަސައްކަތްކުރަން ލިބޭ ވަގުތުކޮޅެވެ. އައިޖީއެމްއެޗްގައި މިޕްރޮގްރާމް ފެށުމުގެ ކުރިން ދިވެހި ޑޮކްޓަރުން އިންޓާރންޝިޕް ނިންމާފައިވަނީ ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުންނެވެ.

އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނެއްގައި އެހޮސްޕިޓަލުން ބުނީ މިޕްރޮގްރާމް އަކީ އެއް އަހަރުދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ޕްރޮގްރާމެއްކަމެވެ. އަދި ކާމިޔާބުކަމާއި އެކީ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް މެޑިކަލް ޕްރެކްޓިސްކުރުމުގެ ލައިސަންސް ލިބޭނެކަމަށް އެހޮސްޕިޓަލުން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ