އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 08/01/2020

ބައިނަލްއަގްވާމީ މިންގަޑުތަކާއި އެއްގޮތަށް އައިޖީއެމްއެޗް އެކްރިޑޭޓް ކުރުމުގެ މަސައްކަތް ފަށައިފި

އައިޖީއެމްއެޗް އިން ބުނީ އެހޮސްޕިޓަލުން މަސައްކަތްކުރަނީ އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 08/01/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ބައިނަލްއަގްވާމީ މިންގަޑުތަކާއި އެއްގޮތަށް އެކްރިޑޭޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އެކްމެ ގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޮ ޓެސްޓިންގް އެންޑް ކެލިބަރޭޝަން ލެބޯރަޓޯރީޒް (އެން.އޭ.ބީ.އެލް) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ފެންވަރު ރަނގަޅު ކުރުމަށެވެ.

އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް ގެ މިންގަނޑުތަކަކީ އިންޓަނޭޝަނަލް ސޮސައިޓީ ފޮ ކޮލިޓީ އިން ހެލްތްކެއާ (އައި.އެސް.ކިޔު.ޔޫ.އޭ) އިން އެކްރިޑޭޓްކުރެވިފައިވާ މިންގަނޑުތަކެއް ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. އަދި އެން.އޭ.ބީ.އެޗް އަކީ އޭޝިއަން ސޮސައިޓީ ފޮ ކޮލިޓީ އިން ހެލްތް ކެއާ (އޭ.އެސް.ކިޔު.ޔޫ.އޭ) ގެ ފައުންޑަރ މެމްބަރެއް ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެން.އޭ.ބީ.އެޗް އަދި އެން.އޭ.ބީ.އެލް ގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުންނިމާ (ޖޮއިންޓްކޮމިޝަން އިންޓަނޭޝަނަލް) ޖޭ.ސީ.އައި، (އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތްކެއާ ސްޓޭންޑަރޑްސް) އޭ.ސީ.އެޗް.އެސް އަދި ކެނޭޑިއަން ހޮސްޕިޓަލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްފެންވަރުގެ މިންގަނޑުތަކެކެވެ. 

އެހޮސްޕިޓަލުން އިތުރަށް ބުނީ، އެކްރިޑޭޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި، ހިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިން ކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތައް ޚިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށެވެ.

އޭގެތެރޭގައި ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑު ތަކަކަށް ބެހެއްޓުމާއި ގަވާއިދުން ހޮސްޕިޓަލުގެ ހިދުމަތްތަކާއި މަސައްކަތްތައް އޮޑިޓު ކުރުންވެސް ހިމެނޭ ކަމަށް ބުންޏެވެ. 

އެހޮސްޕިޓަލްގައި އެފަދަ ސްޓޭންޑަރޑް އެއް ގާއިމް ކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ހިދުމަތާއިމެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ