އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/01/2020

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން އައިޖީއެމްއެޗްގައި

އެހޮސްޕިޓަލުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޑރ. ފަތުހުﷲ ސައީދު 5 ޖެނުވަރީ 2020 ވަނަ ދުވަހުން ފަށައިގެން އައިޖީއެމްއެޗް ގައި ޚިދުމަތް ކުރައްވަމުންގެންދަވާނެކަމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/01/2020

IGMH Dr Fathuhulla Saeed
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ފަށައިފިއެވެ.

އެހޮސްޕިޓަލުން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޑރ. ފަތުހުﷲ ސައީދު 5 ޖެނުވަރީ 2020 ވަނަ ދުވަހުން ފަށައިގެން އައިޖީއެމްއެޗް ގައި ޚިދުމަތް ކުރައްވަމުންގެންދަވާނެކަމެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުނީ ޑރ. ފަތުހުﷲ ސައީދު ހާއްސަވަނީ އަނގަ، މޫނު އަދި ކަނދުރާގެ އޮޕަރޭޝަން ތަކަށް ކަމަށެވެ. އޭގެ ތެރޭގައި އުފެދުމުގައި އަދި ހާނިކަ ވެގެން މޫނުމަތީގައި އުފެދޭ އައިބުތައް އޮޕަރޭޝަންކޮށް ރަނގަޅު ކުރުމާއި، އަނގައިގެ ކެންސަރު ދެނެގަނެ އޮޕަރޭޝަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން މޫނުމަތީގެ ކޮސްމެޓިކް ސާރޖަރީ، ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީ އެކި އެކި ތަދުތަކަށް ފަރުވާދިނުން އަދި އިމްޕްލާންޓް ސާރޖަރީ ކުރުމަށް ވެސް ޑރ. ފަތުހުﷲ ސައީދު ހާއްސަ ވެފައިވެއެވެ.

ރާއްޖޭގެ ގިނަ ޑޮކްޓަރުން އާ ދާއިރާތަކުން ސްޕެޝަލައިޒްވުމަކީ ގައުމުގެ ސިއްހީ ދާއިރާ ކުރިއަރިއިގެން ދާނެކަމުގެ މުހިއްމު ނިޝާނެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ