އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/01/2020

އެސްޓީއޯގެ ފަރާތުން އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮއްޓެއް

މިއަދުން ފެށިގެން އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯގެ ފަރާތުން ހަދިޔާ ފޮއްޓެއް ދޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/01/2020

IGMH STO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާ ފޮއްޓެއް ދޭން ނިންމައިފި އެވެ. 

އެސްޓީއޯ އިން ބުނީ މި ހަދިޔާ ފޮއްޓަކީ ސަރުކާރުންދޭން ވައުދުވި ހަދިޔާ ނޫންކަމަށެވެ. އަދި މިއަދުން ފެށިގެން އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯގެ ފަރާތުން ހަދިޔާ ފޮއްޓެއް ދޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

އެސްޓީއޯއިން ބުނިގޮތުގައި އައިޖީއެމްއެޗްގައި އުފަންވާ ކުދިންނަށް އެ ހޮސްޕިޓަލުން ވައުޗަރެއް ހަވާލުކުރާނެއެވެ. އަދި ވައުޗަރުން ހަދިޔާ ދޫކުރާނީ އެސްޓީއޯ ބޭސް ފިހާރައިން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ފޮށި ދޭންފެށި ނަމަވެސް، ސަރުކާރުން އަލަށް އުފަންވާ ކުދިންނަށް "ބޭބީ ބޮކްސް" ދޭން ނުފަށާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

އެގޮތުން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެއީ ސަރުކާރުގެ ޕޮލިސީގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެސްޓީއޯ އިން އަމިއްލަ އަށް ހިންގާ ކަމެއް ކަމަށެވެ. ރައީސް ވެވަޑައިގަތް ހަދިޔާ ދިނުމުގެ ވައުދު ވެސް ވަރަށް އަވަހަށް ފުއްދަވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.  

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ