އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/12/2019

ކިޑްނީ ބަދަލުކުރުމުގެ ހިދުމަތަށް އައިޖީއެމްއެޗް ތައްޔާރުވެއްޖެ

އައިޖީއެމްއެޗް އިން ގެސްޓްރޯއެންޓެރޮލޮޖީގެ ހިދުމަތް ތައާރަފްކޮށް އަންނަ ހަފުތާގައި ފަށައި ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އަންނަ އަހަރު ފަށާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/12/2019

IGMH Dr Yoosuf Shan
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް ފެށުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ތައްޔާރުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ އެކްޓިން މެޑިކަލް ޑައިރެކްޓަރ ޑރ. ޔޫސުފް ޝާން ވިދާޅުވީ އެ ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަށަމެވެ. އެގޮތުން ގެސްޓްރޯއެންޓެރޮލޮޖީގެ ހިދުމަތް ތައާރަފްކޮށް އަންނަ ހަފުތާގައި ފަށައި ކިޑްނީ ޓްރާންސްޕްލާންޓް ކުރަން އަންނަ އަހަރު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 މީގެއިތުރުން ޑރ. ޝާން ވިދާޅުވީ ސްޕެޝަލިސްޓް ހިދުމަތްތަކުގެ ތެރެއިން ނިއުރޯ ސާޖަރީ، އޮންކޯ ސާޖަރީ، ކާޑިއޮލޮޖީ އަދި ނެފްރޮލޮޖީ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އެންޑޯސްކޮޕީގެ ހިދުމަތް ވެސް ފުޅާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

"މިހާރު މި ހަދަނީ ޑައިގްނޯސްޓިކް އެންޑޮސްކޯޕީއެއް. އެކަމަކު ގޭސްޓްރޮއެންޓެރޮލޮޖީ ތައާރަފްވެގެން ތަރައްގީވެގެން ދާއިރު، ވަރަށް ބައިވަރު އާ އިންސްޓްރުމަންޓް ގެނެވި، އިންޓަނޭޝަނަލް އެންޑޮސްކޮޕީ ކުރިއަށްދާނެ. އެންޑޮސްކޯޕީ ކުރިއަށްދާއިރު އެކި ފަރުވާ ދިނުމާއި ހާއްސަ ޓެސްޓުތަކެއް ވެސް ކުރެވިގެންދާނެ. ވަރަށް ބޮޑަށް ފުޅާވެގެންދާނެ،" ކަށީގެ ޚާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ޝާން ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން އޮޕަރޭޝަން ތިއޭޓަރު ތަރައްގީކޮށް އެކަމާ ބެހޭ ގަވާއިދުތަކެއް ހަދަންޖެހޭނެ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފަށަނީ ގަވާއިދުތަކެއް ނެތި ކަމަށާއި އެހެންވެ ކިޑްނީ ހޯދުން ފަދަ ކަންކަން ނަހަމަ ގޮތުގައި ހިނގާފައިވާ ކަމަށްވެސް ޑރ. ޝާން ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ