އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/11/2019

ކެންސަރުގެ ބަލިތަކަށް ބޭނުންވާ ބޭހަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ފާމަސީއެއް ހުޅުވައިފި

މި ފާމަސީ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 ން ހަވީރު 16:00 އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/11/2019

IGMH Oncology
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކެންސަރުގެ ބަލިތަކަށް ހާއްސަކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފާމަސީ އެއް ހުޅުވައިފި އެވެ.

އޮންކޮލޮޖީ ފާމަސީގެ ނަމުގައި ހުޅުވި މި ފާމަސީ ހުޅުއްވައިދެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އިތުރުން މިހާރު ރާއްޖޭގައި މަސައްކަތް ކުރައްވާ ހަމައެކަނި ކެންސަރު އޮޕްރޭޝަނާއި ބެހޭ ޑޮކްޓަރ ޑރ. މުހައްމަދު ޝިފާން އެވެ.

އޮންކޮލޮޖީ ފާމަސީ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ މި ފާމަސީގެ މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. 

މި ފާމަސީ ހުޅުވިފައި ހުންނާނީ އޯޕީޑީ ގަޑިތައް ކަމަށްވާ ހެނދުނު 09:00 ން ހަވީރު 16:00 އަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ