އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 25/11/2019

19 އަހަރުގެ އަންހެން ކުއްޖެއްގެ ބަޑުން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި. މިކަމަށް ސަމާލުވޭ!

މި ޕިން ނެގުމަށް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް ސާރޖަރީ ޓީމުން ބޭނުންކޮށްފައި ވަނީ ޔޫޖީއައީ އެންޑޯސްކޮޕީ އެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 25/11/2019

IGMH Surgery
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް ގައި 19 އަހަރުގެ އަންހެން ކުއްޖެއްގެ ބަޑުން ބުރުގާގައި ޖަހާ ޕިނެއް ކާމިޔާބު ކަމާއެކު ނަގައިފި އެވެ.

އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 19 އަހަރުގެ އަންހެން ކުއްޖާގެ ބަނޑުގައި މި ޕިން ހަރުލާފައި އިންކަމެވެ. އަދި މި ޕިން ނެގުމަށް ހޮސްޕިޓަލްގެ ޑިޕާޓްމަންޓް އޮފް ސާރޖަރީ ޓީމުން ބޭނުންކޮށްފައި ވަނީ ޔޫޖީއައީ އެންޑޯސްކޮޕީ އެވެ.

އައިޖީއެމްއެޗްގެ ސާރޖަރީ ޓީމް.  ފޮޓޯ: އައިޖީއެމްއެޗް

ޔޫޖީއައީ އެންޑޯސްކޮޕީ އަކީ އިންސާނާގެ "އަޕަރ ގެސްޓްރޯ އިންޓެސްޓިނަލް ސީރީސް" އަށް ހިމަ ހޮޅިއެއްގައި ކެމެރާއެއް ހަރުކޮށް ބަލާބެލުމަށް ކިޔާ ނަމެވެ. މިކެމެރާ ބޭނުންކޮށްގެން ބަނޑުގެ ކައިރިފަށް ބަލާ ގެއްލުން ލިބިފައިވާ ތަން ހޯދޭނެއެވެ.

ޔޫޖީއައީ އެންޑޯސްކޮޕީ.  ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްއިން ވަނީ އަނގަޔަށް ޕިން ފަދަ ތަކެތި ލުމުން ލިބިދާނެ ގެއްލުމުން ރައްކާތެރިވެ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެންޑޯސްކޮޕީ ބޭނުންކޮށްގެން މި އޮޕަރޭޝަން ކާމިޔާބު ނުކުރެވުނު ހާލަތެއްގައި ބޮޑު ސާރޖަރީއެއް ކުރަން ޖެހިދާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅުގައިވެސް ވަނީ އައިޖީއެމްއެޗްގައި 17 އަހަރުގެ ކުއަޖެއްގެ ނޭވާލާ ހޮޅީގައި ތާށިވެފައި އިން ބުރުގާގައި ޖަހާ ޕިނެއް ނަގާފައެވެ.  

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ