އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/11/2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކޮށްފި

މި ޕްރޮގްރާމްގެ ސަބަބުން އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އިތުރު ޔަގީން ކަމެއް ލިބޭނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/11/2019

IGMH Department of Radiology Radiation protectio program
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން އިސްނަގައިގެން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް އަދި ޕާރސަނަލް ރޭޑިއޭޝަން މޮނީޓަރިންގ ބެޖް ތައާރަފް ކޮށްފި އެވެ.

ޕާރސަނަލް ރޭޑިއޭޝަން މޮނީޓަރިންގ ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމް ތައާރަފް ކުރުމަށް އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތާއި ގުޅޭގޮތުން އައިޖީއެމްއެޗުން މިއަދު ނޫސްބަޔާނުގައި ބުނެފައިވަނީ މި ޕްރޮގްރާމްގެ ސަބަބުން އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އިތުރު ޔަގީން ކަމެއް ލިބިއްޖެ ކަމަށެވެ. އަދި މި ބެޖުން ރޭޑިއޭޝަންއާއި ގުޅުންހުރި މުވައްޒަފުން، ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު ދެނެގަނެ އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކޮށްދޭނޭ ކަމަށެވެ.

 އައިޖީއެމްއެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމް.  ފޮޓޯ: އައިޖީއެމްއެޗް

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީ.އީ.އޯ އިބްރާހިމް ސަލީމް ވިދާޅުވީ ހޮސްޕިޓަލުން ކޮލިޓީ ހިދުމަތެއް އާއްމުންނަށް ފޯރުކޮށްދެވޭނީ، ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަޅަންޖެހޭ މިފަދަ ފިޔަވަޅުތަކަށް ހޭލުންތެރިކޮށްގެން ކަމަށެވެ. 

އަދި އައިޖީއެމްއެޗްގެ ފެންވަރު ރަގަޅު ކުރުމަށް "ނެޝަނަލް އެކްރެޑިއޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތްކެއާ ޕްރޮވައިޑާސް" ގެ މިންގަނޑުތަކާއި އެއްވަރަށް ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅު ކުރަމުން އަންނަކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ