އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/11/2019

ދެ ކުދިން ނިޔާވިކަމަށް ބެލެވިފައިވަނީ ވިހެއުމުގެ ކުރިން– އައިޖީއެމްއެޗް

އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ ދެކުދިން މަރުވިކަން ކަށަވަރުކޮށްދީފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/11/2019

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައޖީއެމްއެޗް)ގައި އިއްޔެ އާއި ރޭ ދެކުދިން ނިޔާވެފައިވާ ކަމަށާއި، އެ ދެ ކުދިން ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިންކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި ވިހެއުމުގެ ތެރޭގައި ދެ ކުދިން ނިޔާވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެ ހޮސްޕިޓަލްގައި އިއްޔެ އާއި ރޭ ވިއްސި ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިޔާވެފައިވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ޕެރިނޭޓަލް މަރުގެ ފުރިހަމަ ތަހްޤީޤެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރިއަށް ގެންގޮސްފައިވާނޭ ކަމަށެވެ.

މީގެއިތުރުން އައިޖީއެމްއެޗްގެ ނޫސް ބަޔާނުގައި ވަނީ މިފަދަ ކޮންމެ މަރެއްގެ ވެސް ތަފްސީލު އާއިލާއިން ބޭނުންވެއްޖެނަމަ ހިއްސާ ކުރެވެމުންދާނޭ ކަމަށެވެ. އަދި ޕެރިނޭޓަލް މަރަކީ ހޮސްޕިޓަލްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ކަމާއިބެހޭ ކޮމިޓީން ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުންދާ ކަމެއްގެ ގޮތުގައިވެސް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.

ރޭ ނިޔާވި ތުއްތު ދެ ކުދިންގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި އައިޖީއެމްއެޗްގެ މުވައްޒަފުން ބައިވެރިވާކަމަށްވެސް މި ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ހޮސްޕިޓަލުގައި ފުރާނައެއް ވަކިވާ ކޮންމެ ފަހަރަކީ މުޅި ހޮސްޕިޓަލަށްވެސް އެކަމުގެ ހިތާމަކުރުވާ ކަމެއް ކަމަށްވެސް މި ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ