އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/11/2019

ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މިއަހަރުގެ ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވާ ތީމްއަކީ "ދުވަސް ނުފުރާ އުފަންވުން: އެކަށީގެންވާ އަޅާލުން، އެކަށީގެންވާ ވަގުތުގައި، އެކަށިގެންވާ ތަނެއްގައި ފޯރުކޮށްދެމާ" އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/11/2019

IGMH World Prematurity Day
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބައިނަލްއަޤްވާމީ ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ މިއަދު ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗުން އެކި ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ބައިނަލްއަޤްވާމީ ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ މިންވަރާއި، އަދި ވިހެއުމުގެ ތެރޭގައި ކުދިންނަށް ދިމާވާ ނުކުޅެދުންތެރިކަމާއި، ވިހެއުމުގެ ތެރޭގައި ތަހައްމަލްކުރާ ވޭނާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމެވެ. މިއަހަރުގެ ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވާ ތީމްއަކީ "ދުވަސް ނުފުރާ އުފަންވުން: އެކަށީގެންވާ އަޅާލުން، އެކަށީގެންވާ ވަގުތުގައި، އެކަށިގެންވާ ތަނެއްގައި ފޯރުކޮށްދެމާ" އެވެ.

މިމަހުގެ 14 އިން 17ގެ ނިޔަލަށް ދުވަސްނުފުރާ ކުދިންނަށް ހޭލުންތެރިވުމަށްޓަކައި އެޗްޕީއޭ އާއި އެންއެޗްއޭ އަދި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑިޕާޓްމެންޓުން ގުޅިގެން ސެޝަން ތަކެއް ކުރިއަށް ގެންދާ ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މި ސެޝަންތައް އަމާޒުކޮށްފައިވަނީ މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި، ނަރުހުންނަށް ކަމަށްވެސް މި ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި މި މަހުގެ 17ގައި ބާއްވާ މި ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މުނީރު ސަފީއެލްޑީން އާއި ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ޑރ. އާރވިންޑަ މާތުރުގެ އިތުރުން އައިޖީއެމްޗްގެ ސީނިއަރ ކުޑަކުދިންގެ ޑޮކްޓަރުން ވާހަކަފުޅުދައްކަވާނެކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ