އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/11/2019

ހަކުރު ބައްޔަށް ސްކްރީން ކުރުން މާދަމާ ނޯތު ހާބަރުގައި

މި ސެޝަން ކުރިއަށް ގެންދާނީ ބުރާސްފަތި ދުވަހު، މާލޭ ނޯތު ހާބަރު ސަރަހައްދުގައި ހެނދުނު 10:00 ފެށިގެން މެންދުރު 12:00އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/11/2019

IGMH World Diabetes Day 2019
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން، މި ބައްޔަށް ސްކްރީންކޮށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ހާއްސަ ސެޝަނެއް ކުރިއަށް ގެންދިއުމަށް އައިޖީއެމް ހޮސްޕިޓަލުން އޭޑީކޭ ފާމަސުޓިކަލްސް އަދި އެސްޓީއޯ އާއި ގުޅިގެން ބާއްވަން ނިންމައިފި އެވެ.

އައިޖީއެމްއެޗުން އިއްޔެ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން މި ސެޝަން ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހު، މާލޭ ނޯތު ހާބަރު ސަރަހައްދުގަ އެވެ. އަދި މި ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހެނދުނު 10:00 ފެށިގެން މެންދުރު 12:00އަށް ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 14 ވަނަ ދުވަހުގަ އެވެ. 2018 ވަނަ އަހަރާއި މިއަހަރު ހަކުރުބަލީގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އާއިލާ އަދި ހަކުރު ބަލި" މި ތީމެވެ. 

މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އަމާޒުކޮށް ހެލްތް މިނިސްޓްރީންނާއި އަދި ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެކިއެކި މުއައްސަސާތަކުން ގެންދަނީ ދުރާލާ މިކަމަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.

އައިޖީއެމްއެޗުން އިސްނަގައިގެން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކުގައި އިސްކޮޅާއި ބަރުދަން ބެލުމާއި، ލޭގެ ޕްރެޝަރ ބެލުމާއި، ހަކުރު ޓެސްޓް ކުރެވޭނެކަމަށް އައިޖީއެމްއެޗުން ކޮށްފައިވާ ޓްވީޓްގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ