އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/11/2019

17  އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގެ ތެރެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި

މިސަރޖަރީގައި ހަރަކާތްތެރިވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ނެޝަނަލް ސެންޓަރ ފޯރ ރެސްޕިރޭޓަރީ މެޑިސިން ޓީމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/11/2019

IGMH Surgery
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައިޖީއެމް ހޮސްޕިޓަލްގައި އިއްޔެ ކުރި އޮޕަރޭޝަނެއްގައި 17 އަހަރުގެ އަންހެއް ކުއްޖެއްގެ ފުއްޕާމޭގެ ތެރެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފި އެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ނެޝަނަލް ސެންޓަރ ފޯރ ރެސްޕިރޭޓަރީ މެޑިސިން ޓީމުން ކާމީޔަބު ކަމާއެކު މި އޮޕަރޭޝަން ކޮށްފައިވާއިރު، އޮޕަރޭޝަން ކުރި ބަލިމީހާގެ ހާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުގެ ފިޒިޝަންއެއް ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ޕިން ތާށިވެފައިވަނީ ނޭވާލާ ހޮޅީގައެވެ.

17 އަހަރުގެ މި އަންހެންކުއްޖާގެ ފުއްޕާމެއިން މި ނެގުމަށްޓަކައި ހަރަކާތްތެރިވެފައިވަނީ ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލްގެ އިތުރުން ހޭނައްތާ ޑރ. ބަރަކާތެވެ. އަދި ޕިން ނެގުމަށް 3 ގަޑިއިރު ހޭދަކޮށްފައިވާކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

މި ކާމިޔާބު އޮޕަރޭޝަނަށްފަހު އެ ހޮސްޕިޓަލުގެ ރެސްޕިރޭޓަރީ ޓީމުންވަނީ ބުރުގާގައި ޖެހުމަށް ބޭނުންކުރަ ޕިންފަދަ ތަކެތި އަނގަޔަށް ނުލުމަށް އިލްތިމާސްކޮށްފައެވެ. ޕިންފަދަ އެއްޗެހި އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި ދިރުވާލެވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ