އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/11/2019

ރާއްޖޭގައި ކަކުލުހުޅު ބަދަލުކުރުމުގެ 100ވަނަ ސާޖަރީ އައިޖީއެމްއެޗްގައި ކޮށްފި

ސާޖަރީ ކުރުމުގައި ހަރަކާތްތެރިވެފައިވަނީ އައިޖީއެމްއެޗްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ.ހުސެއިން ފައިސަލް އާއި ޑރ. އިސްމާއިލް ޒާހިރު އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/11/2019

IGMH Knee replacement
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަކުލުހުޅު ބަދަލުކުރުމަށް ކުރާ ސާޖަރީގެ 100 ވަނަ ސާޖަރީ ކާމިޔާބުކަމާއެކު މިއަދު އައިޖީއެމްއެޗްގައި ކޮށްފި އެވެ.

އާސަންދަ މެދުވެރިކޮށް ކޮށްފައިވާ މި ސާޖަރީ ކުރުމުގައި ހަރަކާތްތެރިވެފައިވަނީ އައިޖީއެމްއެޗްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ.ހުސެއިން ފައިސަލް އާއި ޑރ. އިސްމާއިލް ޒާހިރު އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއަދު އައިޖީއެމްއެޗްގައި މި ކުރެވުނު ކަކުޅުހުލު ބަދަލުކުރުމުގެ ސާޖަރީގައި ހަރަކާތްތެރިވެފައިވާ ދެ ޑޮކްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މީގެއިތުރުން ކަކުލުހުޅު ބަދަލު ކުރެއްވި ބަލިމީހައާއި ވެސް އެމަނިކުފާނު ބައްދަލުކުރައްވާފައިވާ ކަމަށް މި ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.

އިތުބާރުހުރި ސިއްހީ ނިޒާމެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ވައުދުތަކުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއުގެ ދަށުން މިހާރު ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ދެ ހޮސްޕިޓަލް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލުންވެސް މިހާރު ހިލޭ ކަކުލު ހުޅު ބަދަލު ކުރުމުގެ ހިދުމަތް ލިބެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ސީގަލް
05/11/2019 07:52
މަރުހަބާ އައިޖީ އެމް އެޗްގެ އޯތޯ ޓީމް.
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ