އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން ޝާއިޢު ކުރީ 26/10/2019

އުރަމަތީ ކެންސަރާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އައި.ޖީ.އެމް.އެޗް އިން ސެޝަނެއް ބާއްވައިފި

އުރަމަތީގެ ކޭންސަރަކީ ދިވެހި ރާއްޖޭގައި އެންމެ އާންމު ކެންސަރެވެ.
Hafsa Hafsiyya Hussain Avatar
ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން

ޝާއިޢު ކުރީ: 26/10/2019

Breast Cancer IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައި.ޖީ.އެމް.އެޗް އިން އުރަމަތީ ކޭނަސަރާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ސެޝަނެއް އޮކްޓޯބަރ 24 ގައި ބާއްވައިފިއެވެ. މި ސެޝަންއަކީ އާންމުންނަށް ހުޅުވާލައިފައި އަދި އައި.ޖީ.އެމް.އެޗް ގެ މީސްމީޑިއާތަކުން ލައިވްކޮށް ދައްކަމުންދިޔަ ސެޝަންއަކެވެ.

މި ސެޝަންގައި އުރަމަތީ ކެންސަރާއި ބެހޭގޮތުން މައުލޫމާތު ދެއްވީ އައި.ޖީ.އެމް.އެޗް ގެ ތިން އޮޕަރޭޝަން ޑޮކްޓަރުންނާއި އަދި އެއް ސީނިއާ ރޭޑިއޮލޮޖިސްޓެކެވެ. އެއީ ޑރ. އަބްދުއްލާ އުބައިދު، ޑރ. އައިޝަތު އަޒްނާ، ޑރ. މުހައްމަދު ޝިފާން، އަދި ޑރ. އައިމިނަތު ނަޒީރް އެވެ.

އުރަމަތީގެ ކޭންސަރަކީ ދިވެހި ރާއްޖޭގައި އެންމެ އާންމު ކެންސަރެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް އޭޖަންސީ ފޯ ކެންސާ ރީސާޗްއިން ހާމަވާ ގޮތުގައި ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 އިންސައްތައަކީ އުރަމަތީގެ ކެންސަރެވެ. އަދި މުޅި ދުނިޔޭގައި 2018 ވަނަ އަހަރު އުރަމަތީގެ ކެންސަރު ޖެހިގެން 9.7 މިލިއަން މީހުން މަރުވިއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ 6 މަރަކުން 1 މަރެވެ.

މި ސެޝަންގައި އުރަމަތީ ކެންސަރަކީ ކޮބައިކަމާއި މި ކެންސަރ ޖެހުމަށް މަގުފަހިވާނެ ކަންތައްތައް ކިޔައިދިނީ ޑރ. އުބައިދެވެ. އަދި މި ހިރާސްތަކުގެ ވައްތަރުތަކުގެ ތެރެއިން ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، ސިއްހަތައް ނުރަނގަޅު ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުން ހިމެނެއެވެ. އަދި ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި އުމުރު، ޖިންސު އަދި ވާރުތަވާބައި ހިމެނެއެވެ. މީގެއިތުރުން ކޮންޓްރޯލް ކުރެވޭނެ ހިރާސްތައް ދެމެހެއްޓުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ވާހަކަ ވެސް ދެއްކެވިއެވެ. މީގެތެރެއިން ކަސްރަތުކުރުމާއި ސިއްހަތަށް ރަނގަޅު ކާނާކެއުން އިތުރު ކުރުމާއި ކަސްރަތުކުރުން ހިމެނެއެވެ.

ޑރ. އަޒްނާ ކިޔައިދެއްވީ އުރަމަތީގެ ކެންސަރ ދެނެގަންނާނެ ގޮތާއި އޭގެ އަލާމާތްތަކެވެ. ޑރ. އައިމިނަތު ނަޒީރު ކިޔައިދެއްވީ އުރުމަތީ ކެންސަރުގެ ސްކުރީނިންގެ ބައެވެ. މީގައި އާދަކޮށް ސްކުރީން ކުރާނަމަ ކެންސަރ ހުރިކަމަށް އަވަހަށް އެނގިގެންދާކަން ފާހަގަކޮށްލިއެވެ. އަދި މިހެންކަމުން ކީމޯތެރަޕީ ނުވަތަ ރޭޑިއޭޝަން ލިބެންވާ މިންވަރު ކުޑަވެ އުރަމަތީގެ ބައެއް ނެގުމުގެ އޮޕަރޭޝަންއެއް ކުރުމުން ދުރުވެވޭނެއެވެ.

އުރަމަތީގެ ކެންސަރަށް ދެވޭ ފަރުވާތަށް ދެވޭ ގޮތްތަކާއި ރާއްޖޭގައި މިކަން އޮންނަގޮތް ކިޔައިދެއްވީ ޑރ. ޝިފާނެވެ. މީގެފަހުން، އުރަމަތީ ކެންސަރު ޖެހި އޭގެން ސަލާމަތްވި ބޭފުޅަކު ސަލާމަތްވިއިރު ކުރެއްވި ދަތުރު ކިޔައިދިނެވެ. ނިންމާލަމުން މި ސެޝަންގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންނަށް ސުވާލު ކުރުމުގެ ފުރުސަތު އެރުވިއެވެ.

އުރަމަތީ ކެންސަރުގެ ސްކްރީން ކުރުމަށް ނުވަތަ ދެނެގަންނާނެ ވަސީލަތްތަކުގެ ތެރެއިން ފުލްފީޑް ޑިޖިޓަލައިޒްޑް މެމޯގުރާމް އަދި  ޓޮމޮސިންތެސިސްގެ ހިދުމަތްތައް އައި.ޖީ.އެމް.އެޗް ގައި ލިބެންހުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ