އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/01/2021

އިންޑިއާގެ 13 ސްޓޭޓަކުން ދޫނިރޯގާ ފެނިއްޖެ

އޭވިއަން އިންފްލުއެންޒާ (ދޫނި ރޯގާ)ގެ ކޭސްތައް، 9 ސްޓޭޓަކުން ފެނުނީ ކެއުމަށް ބޭނުންކުރާ ދޫނިތަކުގެ އާބާދީއިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/01/2021

Bird Flu
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިއާގެ 13 ސްޓޭޓަކުން ދޫނި ރޯގާގެ ކޭސްތައް ފެނިފައި ވާ ކަމަށް، އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގްއިން މައުލޫމާތު ދޭ ގޮތުގައި، އޭވިއަން އިންފްލުއެންޒާ (ދޫނި ރޯގާ)ގެ ކޭސްތައް، 9 ސްޓޭޓަކުން ފެނުނީ ކެއުމަށް ބޭނުންކުރާ ދޫނިތަކުގެ އާބާދީއިންނެވެ. އަދި 12 ސްޓޭޓެއްގައި އުޅޭ ވަލުދޫނިތަކުން މި ބަލީގެ އަސަރު ފެނިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭވިއަން އިންފްލުއެންޒާގެ ކޭސްތައް ފެނުނު ސްޓޭޓްތަކުގެ ތެރޭގައި ކެރަލާ، ހަރްޔާނާ، މަދްޔަ ޕްރަދޭޝް، މަހާރާޝްތުރާ، ޗައްތީޝްގަރު، އުއްތަރަހާންދު، ގުޖުރާތު، އުއްތަރަ ޕްރަދޭޝް އަދި ޕަންޖާބު ހިމެނެއެވެ. އަދި ވަލުދޫނިތަކުން ބަލީގެ އަސަރު ފެނުނު ސަރަހައްދުތަކުގެ ތެރޭގައި މަދްޔަ ޕްރަދޭޝް، ހަރްޔާނާ، މަހާރާޝްތުރާ، ޗައްތީޝްގަރު، ހިމާޝަލް ޕްރަދޭޝް، ގުޖުރާތު، އުއްތަރަ ޕްރަދޭޝް، އުއްތަރަހާންދު، ދިއްލީ، ރާޖަސްތާނު، ޖައްމުއާއި ކަޝްމީރު އަދި ޕަންޖާބު ހިމެނެއެވެ.

މި ސަރަހައްދުތަކަކީ، ކާޅާއި، ހިޖުރަ ކުރާ ދޫނިތަކުގެ އާބާދީއިންވެސް ދޫނި ރޯގާގެ އަސަރު ފެނިފައިވާ ސްޓޭޓްތަކެއް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގްއިން މައުލޫމާތު ދެއެވެ.

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ