އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2021

ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޯލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

މި ސްކޯލަރޝިޕަށް އެދޭ ފަރާތްތަކުން 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2021

Scholarships
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕް 2020/2021 އަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ އެމް.ބީ.ބީ.އެސްއިން 6 ދަރިވަރުންނަށާއި، ބީ.ޑީ.އެސްއަށް 1 ދަރިވަރަކަށް ޖާގަ ލިބޭ ގޮތަށެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށާއި، މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

މި ކޯހަކީ ބަންގްލަދޭޝްގައި ހެދުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ ތެރެއިން ނޮމިނޭޓުވާ ދަރިވަރުން، މިނިސްޓްރީއިން ނޮމިނޭޓުވާކަން އެންގުމުން، އެޕްލިކޭޝަން ފީގެ ގޮތުގައި 70.00 ޔޫ.އެސް ޑޮލަރ މި ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކޮށް މިނިސްޓްރީއިން އެންގުމުން ޓީޓީ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށެވެ.

މި ސްކީމްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުންގެ ކޯސް ފީ ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ދަރިވަރުންނާ އެއްރޭޓަކުންނެވެ. 

އަދި މި ކޯސް ފުރިހަމަކުރެވޭނެ ޔުނިވަރސިޓީއާއި ކޮލެޖްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، ކޯހަށް ކޮންމެ ކެނޑިޑޭޓަކު ވެސް ހުށަހަޅަންވާނީ އެންމެ ކޯހަކަށް ކަމަށާއި، ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވުން ނުވަތަ އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށް ވެސް ވެގެން ނުވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ އެވެ. އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ.

މި ސްކޯލަރޝިޕަށް އެދޭ ފަރާތްތަކުން 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީhttps://myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ