އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2021

ޓްރީ ޓޮޕް ހޮސްޕިޓަލުން ކަކުލުހުޅުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި

މއީ މި ފަހަކަށް އައިސް ރާއްޖޭގައި ކުރެވުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2021

Treetop Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޓްރީ ޓޮޕް ހޮސްޕިޓަލުން ކަކުލުހުޅުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއި އެކު ކޮށްފިއެވެ. މއީ މި ފަހަކަށް އައިސް ރާއްޖޭގައި ކުރެވުނު މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.

މީގެ ކުރިން ވެސް ކަނާތު ކަކުލުހުޅު 2 ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ އުމުރުން 62 އަހަރުގެ މި ފިރިހެން މީހާގެ އޮޕަރޭޝަން ކުރެއްވީ މަޝްހޫރު ޑޮކްޓަރ، ޑރ. އަލީ މުޒުނީ އެވެ.

ޓްރީޓޮޕުން ބުނިގޮތުގައި މީގެ ކުރިން ބަލި މީހާގެ ކަނާތު ކަކުލުހުޅު  2 ފަހަރެއްގެ މަތިން އޮޕަރޭޝަން ކޮށްފައި ވިނަމަވެސް، އަލުން ކުރަންޖެހުނީ ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ދެވަނަ ފަހަރު ލައްވާފައި ހުރި ހުޅުގެ މަތީކައިރިން ކަށިގަނޑު ބިންދައިގެން ގޮސް ހުޅުގެ ދެއަރިމަތީ ލިގަމެންޓުވެސް ވަނީ އަލުން ބޭނުންނުކުރެވޭ ވަރަށް ކަނޑައިގެން ދިއުމުން ކަމަށެވެ.

އެހެންކަމުން ފަރުވާއެއްގެ ގޮތުގައި ކަށިގަނޑު ކޮޅުން ބައެއް ނެގުމަށްފަހު ޚާއްސަ މަސްނުވީ މައުދަނުގެ ބައެއް ކަށިގަނޑުގެ ކޮޅާ ގުޅުވާލާފައިވާ ކަމަށާއި، މިހުޅު ބަދަލުކުރުމަށް ބޭނުންކުރީ މިކަމަށް ޚާއްސަ މެގަ ޕްރޮސސްތެޓިކްއެއް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ