އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2021

ގިނަ ޚިދުމަތްތަކަކާ އެކު ހޯޕް ޑެންޓަލް ކެއާ ހުޅުވައިފި

ހޯޕް ޑެންޓަލް ކެއަރ އިން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅުއްވާނީ 3001516 ނުވަތަ 7951515 އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2021

Hope Dental Care
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދަތުގެ ފަރުވާއަށް ޚާއްސަ ގިނަ ޚިދުމަތްތަކަކާއެކު ހޯޕް ޑެންޓަލް ކެއާގެ ނަމުގައި ކްލިނިކެއް ހުޅުވައިފި އެވެ.

ދިވެހި ދެ ޑެންޓިސްޓުން ކަމަށްވާ ޑރ. ޝިފްލީން އަދި ޑރ. ޒީނާ ބައްލަވަމުން ގެންދަވާ މި ކްލިނިކްއިން ރާއްޖޭގައި މިހާރު ލިބެން ހުރި އެންމެ ރަނގަޅު ދަތުގެ ފަރުވާތައް ލިބޭނެކަމަށް ހޯޕް ޑެންޓަލް ކެއާއިން ވަނީ ބުނެފަ އެވެ. އަދި މުސްތަޤްބަލްގައި ކްލިނިކްގައި މަސައްކަތް ކުަރާ ޑޮކްޓަރުންގެ އަދަދު އިތުރުކޮށް ޚިދުމަތްތައް ރަނގަޅުވާނޭކަމަށް ވެސް ކްލިނިކުން ބުނެއެވެ.

މިމަހު 9 ވަނަ ދުވަހު ޚިދުމަތްދޭން ފެށި މި ކްލިނިކުން ވަނީ މިމަހުގެ ނިޔަލަށް އޯޕަނިން ޕްރޮމޯޝަނެއް ހުޅުވާލާފަ އެވެ. އެގޮތުން މި މަހުގެ ނިޔަލަށް ކޮންސަލްޓޭޝަން ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެކަމަށް ހޯޕް ޑެންޓަލް ކެއާއިން ބުނެއެވެ.

ހޯޕް ޑެންޓަލް ކެއާއިން މިހާރު ދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދަތް ސާފުކޮށްދީ، ދަތް ޖެހުން، ދަތުގައި ނަރުގަނޑު އަޅުވައިދިނުން އަދި ދަތުގެ އެކްސްރޭ ނެގުން ހިމެނެ އެވެ.

އަދި މީގެ އިތުރުން ދަތުގެ ކެންސަރަށް ސްކްރީން ކުރެވޭނެ ކަމަށް ވެސް ކްލިނިކުން ބުނެއެވެ.

ހޯޕް ޑެންޓަލް ކެއަރ އިން އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅުއްވާނީ 3001516 ނުވަތަ 7951515 އަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ