އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/12/2020

އިންޑިޔާގައި ގޮތް ނޭނގޭ ބަލި ފެނުނު ސަރަހައްދު ތަކުގައި ވިއްކި ކިރުން "ނިކެލް" ކެމިކަލް ވަނީ ފެނިފައި: ސައިންޓިސްޓުން

މި ބަލީގައި އެނދުމަތި ކޮށްފައިވާ ބަލިމީހުންގެ ލެއިން ގިނަ މިންވަރަކަށް “ނިކެލް” ކެމިކަލް ފެނިފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/12/2020

India
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާގައި ދާދިފަހުން ފެތުރުނު ގޮތް ނޭނގޭ އެ ބަލި ފެތުރުނު ސަރަހައްދުތަކުން ވިއްކާފައިވާ ކިރުން ކެމިކަލް އެއް ކަމަށްވާ "ނިކެލް" ފެނިފައިވާ ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.

މީގެ ހަފްތާއެއް ކުރިން އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ހަ ސަތޭކައެއް ހާ މީހުން ވަނީ މި ގޮތް ނޭނގޭ ބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފަ އެވެ. މި މީހުންނަށް ދިމާވި ބައެއް އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުން، ފިޓު ޖެހުން، ހޭނެތުން ހިމެނެއެވެ.

އަދި މި ބަލީގައި އެނދުމަތި ކޮށްފައިވާ ބަލިމީހުންގެ ލެއިން ގިނަ މިންވަރަކަށް "ނިކެލް" ކެމިކަލް ފެނިފައިވާ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ކިރުން މި ކެމިކަލް ފެނިފައިވަނީ އަންދްރަ ޕްރަދޭޝްގައި އޮންނަ އެލުރޫ ނަމަކަށް ކިޔާ އަވަށަކުންނެވެ. އަދި ކިރުގައި މި ބާވަތް ހިމެނިގެން ނުވާނޭ ކަމަށާއި މިއީ ވަރަށް ބޮޑު ގޯހެއް ކަމަށް އެލުރޫ ހޮސްޕިޓަލްގެ މެޑިކަލް ސްޕްރިޑެންޓް އަވްރް މޯހަން ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ފެނުނު ކިރުން “ނިކެލް” ފެންނަން ޖެހުނު ސަބަބެއް ހޯދިފައެއް އަދި ނުވެއެވެ. ނަމަވެސް ބޮޑަށް ލަފާކުރެވެނީ މި މާއްދާ ކިރުގައި ހިމެނުނީ ޕެސްޓިސައިޑުން ކަމަށް ސައިންޓިސްޓުން ބުނެއެވެ.

އިންޑިޔާއިން ފެނުނު މި ގޮތް ނޭނގޭ ބަލީގައި މިހާތަަނަށް ވަނީ އެކަކު މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ