އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/12/2020

ފުރަތަމަ ހަފްތާގައި އެކަނިވެސް ޔޫކޭއިން 130،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

އެޤައުމުގައި އަދި ދެމުންދަނީ ފައިޒާ އާއި ބަޔޯޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/12/2020

Vaccine Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ފެށިތާ ފުރަތަމަ ހަފްތާގައި އެކަނިވެސް 130،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެ ޤައުމުން ބުނެފި އެވެ.

ވެކްސިން ރޯލް އައުޓްގެ އިންޗާޖް މިނިސްޓަރ ނަދީމް ޒަހަވީ ވިދާޅުވިގޮތުގައި މި މަހުގެ 8 ން 15 އާއި ދެމެދުގައި 137،897 މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިން ދީފަ އެވެ. އެޤައުމުގައި އަދި ދެމުންދަނީ ފައިޒާ އާއި ބަޔޯޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒެވެ.

އަދި މިނިސްޓަރ ޒަހަވީ ކުރެއްވި ޓްވީޓްގައި ވަނީ މިއީ ވަރަށް ވެސް ރަނގަޅު ފެށުމެއްކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގައި މި ހަފްތާ ނިމޭ ހިސާބަށް މަދުވެގެން 200 ލޯކަލް ކްލިނިކްތަކުގައި ވެކްސިން ދޭން ފެށޭނެ އެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި މި އަދަދު ހާހަކަށް އިތުރުކުރާނެ އެވެ. އޭރުން މި އަދަދު އިތުރުވެގެން ދާނޭކަމަށް ލަފާކުރެވެއެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ އުމުރުން 50 އަހަރުން މަތީގެ އަދި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ 25 މިލިޔަނަށް ވުރެ ގިނަ މީހުން ވެކްސިން ޖެހުމަށް ނިންމާފަ އެވެ.

އެހެންނަމަވެސް މި އަދަދު އިތުރުވުމާއެކު އެ ޤައުމުގައި މަަސައްކަތް ކުރާ ސިއްހީ އެހީތެރިން އިތުރުކުރަން ޖެހިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ