ޅ. އަތޮޅު ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށައިފިއެވެ.
ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުން މުޅިން އަލަށްފެށި ކީމޯ ތެރަޕީގެ ޚިދުމަތް ފެށީ ހުޅުމާލޭގެ ކެންސަރ ޑިޕަރޓްމަންޓްގެ އެހީތެރިކަމާއެކުއެވެ. އެގޮތުން ޅ.އަތޮޅު ހޮސްޕިޓަލްގެ 2 ނަރުހުން ހުޅުމާލެއަށް ފޮނުވައިގެން، 2 ހަފްތާގެ ތަމްރީނެއް ވަނީ ފުރިހަމަކޮށްފަ އެވެ.
Day care Chemotherapy started from today at the newly added Oncology Treatment Unit, with collaboration of @HulhumaleH, the ward cater to six patients at once. This is another step taken forward to implement a decentralized healthcare by the government.@presidencymv @MoHmv pic.twitter.com/u0ogtZq6OL
— Lh Atoll Hospital (@lhhospital) December 14, 2020
އެ ހޮސްޕިޓަލުން ބުނީ އެ ހިދުމަތް ފަށާފައިވަނީ އެހޮސްޕިޓަލުގައި ދާދި ފަހުން ހެދި އޮންކޮލޮޖީ ޓްރީޓްމެންޓް ޔުނިޓުގައި ކަމަށެވެ. އެގޮތުން އެ ވޯޑުގައި އެއްފަހަރާ ހަ މީހަކަށް ފަރުވާ ދެވޭނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޅ. އަތޮޅުގައި ކީމޯތެރަޕީ ނަގާ ގިނަ ބަޔަކު ތިބިއިރު، ނައިފަރުގައި އެކަނިވެސް ކީމޯތެރަޕީ ނަގާ 8 މީހުން އެބަތިއްބެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)