ބ. އަތޮޅު ހޮސްޕިޓަލާއި އަދި އަތޮޅު ކައުންސިލް ގުޅިގެން ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ހަރަކާތްތެރިވާނީ އައިކެކާގެ ޑޮކްޓަރުންގެ ޓީމެކެވެ. އަދި މި ޓީމުން މިމަހުގެ 24-28 އާ ހަމައަށް ބ. އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުން ބަލާނެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ވަނީ ލޮލުގެ ކޭމްޕްގައި ޑޮކްޓަރުންނަށް ދައްކަން ބޭނުން މީހުން އެ ހޮސްޕިޓަލުގައި ނަން ނޯޓުކުރަން އެދިފައެވެ. އެގޮތުން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ޑިސެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލޮލުގެ ކޭމްޕާއި ގުޅޭގޮތުން ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ސްކްރީނިންގެ ތެރޭގައި ލޮލުގެ ނަންބަރު ނަގައިދިނުމާއި އައިނު ހެއްދުމާއި ލޮލުގެ ލޮލުގެ ތަފާތު ބަލިތަކަށް ކޭމްޕްގައި ފަރުވާ ދޭނެ ކަމަށެވެ. އަދި މި ކޭމްޕުގައި އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)