އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/12/2020

ރާއްޖޭގައި އޭޑްސް ފެތުރުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަން އެބަހުރި: ހެލްތް މިނިސްޓަރ

އެޗް.އައި.ވީ / އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދޭ- ހެލްތު މިނިސްޓަރ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/12/2020

AIDS
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހި ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ދައްކާގޮތުން އޭޑްސް ބަލި ރާއްޖޭގައި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަން އެބަހުރި ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ އެއިޑްސް ބަލީގެ ދުވަހާއި ގުޅުވައިގެން ހެލްތް މިނިސްޓަރ ދެއްވި ހިތާބުގައި ވަނީ އެޗް.އައި.ވީ / އޭޑްސްއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭޑްސް ބައްޔަށް ދެވޭ ފަރުވާ އަދި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލައްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާރޑް ރެސްޕޮންސިބިލިޓީ" އެވެ. ބައިނަލް އަޤްވާމީ ފެންވަރުގައި މިޝިއާރު ކަނޑައަޅާފައިވަނީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ ޕެންޑަމިކް، ކޮވިޑް-19 ގެ ހާލަތާ ގުޅުވައިގެންނެވެ.

ހެލްތް މޮނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭ ތަންތަނުންނާއި، މަދަނީ ޖަމްއިއްޔާ ތަކުންވެސް މިހާރު އެޗް.އައި.ވީ އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ދަނީ ދެމުންނެވެ. ރާއްޖޭގައި އެޗް.އައި.ވީ ޓެސްޓްކުރުމުގައި ގެންގުޅެނީ "ކޮންމެ މީހަކަށްވެސް ހިލޭ އެޗް.އައި.ވީ ޓެސްޓެއް ކުރުމަށް އެދެވިދާނެ، އަދި އެކަން ކޮށްދެވޭނެ" ކަމުގެ ސިޔާސަތު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް 1990ގެ އަހަރުތަކުގައި އެޗް.އައި.ވީ / އޭޑްސް އާދެކޮޅަށް ކުރެވުނު މަސައްކަތުން ފަހާގަ ކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވީނަމަވެސް އަދިވެސް އެޗް.އައި.ވީ އޭޑްސް އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ހުރި ނުރައްކަލެއްކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރގެ ހިތޯބުގައި ވަނީ ރާއްޖޭގައި އޭޑްސް ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، އަދި  އޭޑްސް ބަލި މީހުންނަށް ބޭނުންވާ ފަރުވާގެ ކަންތައް މިފަދަ ދަނޑިވަޅެއްގައި ބަލީމީހުންނަށް ލުއި ފަސޭހަގޮތެއްގައި ލިބޭނެގޮތް ހަމަޖެއްސުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ