ނޮވެމްބަރު 18 އިން 24 އަށް ބައިނަލްއަޤުވާމީ އެންޓިމައިކްރޯބިއަލް ރެސިސްޓަންސްގެ ހޭލުންތެރިކަމުގެ ހަފްތާ ފާހަގަ ކުރަނީ
2015 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބައިނަލްއަޤުވާމީ "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އަށް ހޭލުންތެރިކުރުވުމުގެ ހަފްތާ މިއަހަރުގެ ވެސް ނޮވެމްބަރު 18އިން 24 އާއި ހަމައަށް ފާހަގަ ކުރުމަށް ހެލްތް މިނިސްޓްރީއިން ނިންމައިފި އެވެ.
18 – 24 November is #WorldAntimicrobialAwarenessWeek (WAAW)
— WHO Maldives (@WHOMaldives) November 18, 2020
As resistance grows to a wider range of drugs, we have broadened the focus of this campaign from antibiotics to all antimicrobials. The 2020 theme for the human health sector is “United to preserve antimicrobials.” pic.twitter.com/77oLwPwZ25
އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު (ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ.
އެގޮތުން "އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވީމައެވެ. އަދި އާ އެންޓިމައިކްރޯބިއަލް ބޭސް އުފެއްދުމަކީ ގިނަ ތަހްލީލުތަކާއި ދިގު މުއްދަތު ނަގާ އަދި އެހެންމެ އެކަމަށް ބޮޑު ހޭދަކުރަންޖެހޭ ކަމެކެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި އާ ބާވަތެއްގެ އެންޓިމައިކްރޯބިއަލްސް ނުއުފެއްދޭތީވެ އާއި އުފެއްދޭ މަދު ބޭސްތަކަށް ފައްސޭހައިން ޖަރާސީމު ރެސިސްޓަންޓްވުމުގެ ސަބަބުން ބަލިތަކަށް ފަރުވާ ނުކުރެވުމުގެ ބިރުވެރިކަން އުފެދެއެވެ.
Why is #AntimicrobialResistance increasing?
— WHO Maldives (@WHOMaldives) November 18, 2020
Misuse & overuse of antimicrobials in humans, animals & plants
This includes poor medical prescribing practices & patient adherence to treatment. Antibiotics are also commonly overused in farm animals & agriculture
#HandleWithCare pic.twitter.com/oq0frW66te
މިގޮތުން "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދި ޖަރާސީމު ބޭހަށް ނުގުޑުމުގެ ސަބަބުން ކޮންމެ އަހަރަކު 700،000 އަށްވުރެ ގިނަ މީހުން މަރުވާއިރު، މުސްތަޤްބަލުގައި މިއަދަދު މިއަށް ވުރެ އިތުރުވެ މިހާރު ހުރި ބޭސްތަކުން ފަރުވާ ނުލިބުމަކީ މިވަގުތު ކޯވިޑް-19ގެ ސަބަބުން ދުނިޔެ ތަހައްމަލު ކުރަމުން މިދާ ހާލަތަށްވުރެ ނުރައްކާތެރިކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
ސަބަބަކީ ކޯވިޑް-19 އަކީ ހަމައެކަނި އެންމެ ޖަރާސީމަކަށް ފަރުވާއެއް ނެތުމުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކަމެއްނަމަވެސް މިހާރު ފަރުވާ ލިބިފައިވާ ބަލިތަކަށް ފަރުވާ ނެތިއްޖެނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގިނަގުނަ ގެއްލުންތަކެއް ވާނެކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ޖަރާސީމުތަކާ ހަނގުރާމަކުރުމުގައި ބޭނުންކުރެވޭ އެންޓިމައިކްރޯބިއަލް ބޭސްތަކަށް "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމީ ކުރިޔަށް އޮތް މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލައެވެ.
Did you know?@WHO has declared #AntimicrobialResistance as one of the top 10 global Public Health threats facing humanity today
— WHO Maldives (@WHOMaldives) November 18, 2020
Hand hygiene is a simple practice we can follow to prevent #COVID19 & to also slow down the spread of Antibiotic Resistance#WashYourHands#WAAW2020 pic.twitter.com/0a0GEPaD3B
އަދި މިމައްސަލަ ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުންމެ މަސައްކަތް ކުރަން ޖެހެއެވެ. މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ ފެންވަރުގައި އަދި އާންމު ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭ ކަންތައްތަކެކެވެ.
ސަރުކާރުގެ ފެންވަރުގާ ކުރެވޭ ކަންތައް:
1. ޢޭ.އެމް.އާރު ސްޓިއަރިން ކޮމިޓީއެއް އުފެއްދުން.
2. ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއެކު "ވަން ހެލްތު" ގެ ގޮތުގައި މިމައްސަލައާ ކުރިމަތިލުން
3. ރާއްޖޭގައި އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށާއި އޭ.އެމް.އާރު އުފެދިފައިވާ މިންވަރު ދެނެގަތުމަށް ސަވައިލަންސް ނިޒާމެއް ޤާއިމްކުރުން.
4. އޭ.އެމް.އާރާއި ގުޅިގެން ކުރަންޖެހޭ "ސައެންޓިފިކް" ދިރާސާތައް ކުރުން.
5. ޑޮކްޓަރުން އެންޓިމައިކްރޯބިއަލް ބޭސް ކޮންމެހެން ދޭންޖެހޭ ހާލަތުގައި މެނުވީ ނުދިނުން.
ފަރުދީ ފެންވަރުގާ ކުރެވޭ ކަންތައް:
1. ޑޮކްޓަރެއްގެ ބޭސް ސިޓީއެއް ނެތި އާންމު ފަރާތްތަކުން އަމިއްލައަށް ބޭސްފިހާރަތަކުން މިފަދަ ބޭސް ނުނެގުން.
2. އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރާއިރު، އެ ބޭސް ނަގަންޖެހޭ ގަޑިތަކަށް ބޭސް ބޭނުން ކުރުމާއި އެކު ޑޯޒް ފުރިހަމަކުރަން ޖެހޭ މުއްދަތަށް ބޭސް ބޭނުން ކުރުން.
3. ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމުން.
4. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކައި، އެކާނާގެ ތަފާތު ބާވަތްތަށް ހުންނަންޖެހޭ މިނަވަރަށް ބޭނުންކުރުމާއި ގަވައިދުން ކަސްރަތުކުރުން.
5. ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް އެކަމަ ކަނޑއެޅިފައި އުސޫލުން ފުރިހަމަކުރުން.
6. އެޖަނަވާރުންނަށް އެންޓިމައިކްރޯބިއަލް ބޭސް ދޭންވާނީ ވެޓިނޭރިއަންއެއްގެ ލަފާގެ ދަށުން ކޮންމެހެން ދޭންޖެހޭ ހާލަތްތަކުގަ.
7. ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބޭނުންކުރާ ތަފާތު ކެމިކަލްތަކާ ބޭސްތައް ބޭނުން ކުރަންވާނީ ސަރުކާރުގެ ދަނޑުވެރިކަމާބެހޭ މުއައްސަސާތަކުގެ ލަފާގެ ދަށުން ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގަ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)