އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 31/10/2020

އައިޖީއެމްއެޗް ސްޓްރޯކް ކްލިނިކްގައި މިހާތަނަށް 46 މީހަކަށް ވަނީ ފަރުވާދީފައި

މީގެ ތެރެއިން 40 މީހުންވަނީ އެނދުމަތި ކުރެވި ފަރުވާ ދީފައި - އައިޖީއެމްއެޗް
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 31/10/2020

IGMH
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމްކޮށްފައިވާ ސްޓްރޯކް ކްލިނިކް ގައި 46 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ދުނިޔޭގެ ސްޓްރޯކް ދުވަހާއި ގުޅިގެން އެހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ތެރެއިން 40 މީހުންވަނީ އެނދުމަތި ކުރެވި ފަރުވާ ދެވިފައިކަމަށެވެ.

މިއަހަރުގެ އޮގަސްޓް 17 ގައި އައިޖީއެމްއެެޗްގައި ވަނީ 24 ގަޑިއިރު ހިދުމަތްދޭ ސްޓްރޯކް ސެންޓަރެއް ޤާއިމްކޮށްފައެވެ. މިސެންޓަރުގައި ހަ އެނދު ހިމެނޭއިރު އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ދެ އެނދެވެ. 

މި ސެންޓަރުން ސްޓްރޯކަށްފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާ ފިޒިއޮތެރަޕީ އާއި ސްޕީޗްތެރަޕީގެ އިތުރުން ޑައެޓިކްސް (ކެއުން ބުއިމުގެ އާދަތައް ގެންގުޅެންޖެހޭ ގޮތް) ފަދަ މުހިއްމު ހިދުމަތްތައް ދޭއިރު ކުރިއަށް އޮތްތަނުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ސޯޝަލް ވޯކަރުންގެ ހިދުމަތްވެސް މި ސެންޓަރުން ދޭނެ އެވެ.

އައިޖީއެމްއެޗުގެ ސްޓްރޯކް ސެންޓަރާއެކު މިދިޔަ މަހު އެ ހޮސްޕިޓަލުގައި ވަނީ ސްޓްރޯކު ކްލިިނިކެއްވެސް ގާއިމްކޮށްފައެވެ. މި ކްލިނިކަކީ ސްޓްރޯކަށް ފަރުވާދީ ދޫކޮށްލާ ބަލިމީހުންނަށް ގަވައިދުން ފަރުވާ ދޭން ގާއިމްކުރި ކްލިނިކެކެވެ. މި ކްލިނިކުގައި މިހާތަނަށް 46 މީހަކަށް ފަރުވާދީފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ