އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/10/2020

ދުނިޔޭގެ 10 އިންސައްތަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި: ޑަބްލިޔުއެޗްއޯ

"މި ބަލިމަޑުކަން ކުރިއަށް އޮތްތަނުގައި ފެތުރޭނެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ ކޭސްތައް އިތުރުވާނެ"، ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/10/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަރޖެންސީގެ ހެޑް ޑރ. މައިކަލް ރަޔާން ވިދާޅުވެއްޖެ އެވެ. 

ޑަބްލިޔުއެޗްއޯގެ 34 މެމްބަރުން ހިމެނޭ އެގްޒެކްޓިވް ބޯޑުން ކޮވިޑް-19 އާއި ގުޅޭގޮތުން ބޭއްވި ހާއްސަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން ޑރ. ރަޔާން މިހެން ވިދާޅުވެފައިވަނީ މިހާތަނަށް އެކި ގްރޫޕްތަކުން ހަދާފައިވާ ދިރާސާތަކަށް ބިނާކޮށެވެ. އެގޮތުން ދުނިޔޭގެ ބޮޑުބައެއް އަދިވެސް އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށް ބުނެފަ އެވެ.

ރަޔާން ވިދާޅުވިގޮތުގައި ކޮވިޑުގެ އެންމެ ނުރައްކާ ބޮޑުކޮށް އޮތީ ސައުތުއީސްޓް އޭޝިޔާ، ޔޫރަޕް އަދި އީސްޓަން މެޑިޓޭރިއަން އިން ކަމަށެވެ.އެހެންނަމަވެސް އެފްރިކާއިން މިހާރު ފެންނަމުންދަނީ ޕޮޒިޓިވް ނަތީޖާތަކެއް ކަމަށް ރަޔާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމަށް ރަޔާން ވަނީ ވިދާޅުވެފަ އެވެ.

"މި ބަލިމަޑުކަން ކުރިއަށް އޮތްތަނުގައި ފެތުރޭނެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަ ކޭސްތައް އިތުރުވާނެ" ރަޔާން ވިދާޅުވިއެވެ.

ހަމައެހެންމެ، މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ މިހާރު ދުނިޔޭގެ އާބާދީގެ 10 އިންސައްތަކަމަށް ރަޔާން ވަނީ ވިދާޅުވެފަ އެވެ. މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އާބާދީ އަކީ 7.6 ބިލިޔަނެވެ. މީގެތެރެއިން 760 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ