އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/09/2020

ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ގާތުން ދިނުން ހުއްޓާނުލާ

ކޮވިޑް ފަދަ ވައިރަސް ގާތުންދޭ ކިރުގެ ޒަރިއްޔާއިން ތުއްތު ކުއްޖާއަށް ވާސިލްވުމުގެ ފުރުސަތު ހަނި- ޑަބްލިޔުއެޗްއޯ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/09/2020

WHO COVID-19 UNICEF Breastfeeding
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަކީ ފަސޭހައިން ގައިންގަޔަށް ފެތުރޭ ބައްޔެއް ކަމުން މިކަމުގައި އެންމެ ބޮޑަށް ކަންބޮޑުވި އެއްބަޔަކީ ޅަދަރި މައިންނެވެ. ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ދަރިފުޅަށް ގާތުންދޭނެ ގޮތަކާއި މެދު ގިނަ މައިން އަދިވެސް ތިބީ ސުވާލުމާކެއްގެ ތެރޭގައެވެ.

މިކަމަށް ހޭލުންތެރިކުރުވަމުން ޔުނިސެފުން ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހިފައި ނުވަތަ އެބައްޔަށް ޝައްކުކުރެވޭ މަންމައިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ގާތުން ދެވިދާނޭ ކަމަށެވެ.

އަދި ކޮވިޑް ފަދަ ވައިރަސް ގާތުންދޭ ކިރުގެ ޒަރިއްޔާއިން ތުއްތު ކުއްޖާއަށް ވާސިލްވުމުގެ ފުރުސަތު ހަނިކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ބުނެފަ އެވެ.

ހާއްސަކޮށް މައިމީހާގެ ކިރަކީ ތުއްތުކުއްޖާއަށް އެތައްގުނަ ފައިދާއެއް އެކުލެވޭ ކާނާއެއް ކަމުން މިފަދަ ދުވަސްވަރެއްގައި ހާއްސަކޮށް ތުއްތުކުދިންނަށް ގާތުން ދިނުމަށް ޔުނިސެފުން ވަނީ ބާރުއަޅާފަ އެވެ.

ތުއްތުކުދިން ގެންގުޅޭ މައިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ނުވަތަ ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ އެކަށީގެންވާ ރައްކާތެރިކަމާ އެކުގައިވެސް ތުއްތުކުއްޖާއަށް ގާތުން ދެވިދާނެ އެވެ. އެހެންކަމުން މިހާލަތުގައި ތުއްތުދަރިފުޅަށް ގާތުން ދިނުމުގައި ސަމާލުކަންދޭންވީ ތިންކަމެއް ޔުނިސެފުން ވަނީ ފާހަގަކޮށްފަ އެވެ.

1. ތުއްތު ކުދިންނަށް ގާތުން ދިނުމުގެ ކުރިންނާއި އަދި ގާތުންދީ ނިންމުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން

2. ތުއްތު ދަރިފުޅާއި ގާތްވެ ކައިރިވާނަމަ މާސްކް އެޅުން

3. އާންމުކޮށް އަތްލެވޭ ތަންތަން ޑިސްއިންފެކްޓަންޓެއް ލައިގެން ސާފުކުރުން

ތުއްތު ދަރިފުޅު އުފަންވާ ދުވަހުން ފެށިގެން މަދުވެގެން 6 ދުވަހާއި ދެ އަހަރުގެ މުއްދަތަކަށް ހުއްޓާނުލާ ގާތުން ދިނުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ. ހަމައެހެންމެ ގާތުންދޭ ކިރަކީ އޭގައި ގިނަ އަދަދަކަށް އެންޓިބޮޑީސް ހިމެނޭ ކާނާއެއް ކަމުން މީގެ އެހީގައި ތުއްތު ދަރިފުޅަށް ވައިރަސް އަދި ބެކްޓީރިއާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށްވެސް އެހީތެރިވެދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކޮންމެއަހަރެއްގެ މައްޗަށް ލިބެންވާވަރަށް ގާތުން ކިރު ނުލިބުމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން 800،000 ތުއްތުކުދިން މަރުވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ