އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/08/2020

172 ޤައުމަކުން ކޮވިޑް-19 ވެކްސިން ޕްލޭން ގައި ބައިވެރިވެފައިވޭ- ޑަބްލިޔުއެޗްއޯ

މި ޕްލޭން ކޮވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނެއުމަށްޓަކައި އިސް ދައުރެއް އަދާކުރާނެ- ޑރ. ޓެޑްރޮސް
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/08/2020

WHO COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ "ކޮވެކްސް" ފެސިލިޓީ އާއި 172 ޤައުމުން ގުޅިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ނަމަވެސް އަދިވެސް އިތުރު އެހީތެރިކަން ޤައުމުތަކުން ވެދިނުމަށް އެޖަމިއްޔާއިން ގޮވާލިއެވެ.

ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވިދާޅުވިގޮތުގައި އޮގަސްޓް 31 ގެ ނިޔަލަށް މިޕްލޭން އާއި ގުޅެން ބޭނުންވާ ޤައުމުތަކުން ޝައުގުވެރިކަން ފާޅުކުރެވޭނެއެވެ. އަދި އޮކްޓޯބަރ 9 ގެ ކުރިން ފުރަތަމަ ޕޭމަންޓް ދައްކަން ޖެހޭނެކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މި ފެސިލިޓީ އަކީ ކޮވިޑް-19 ޕެންޑެމިކް ނިމުމަކަށް ގެނެއުމަށްޓަކައި އިސް ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ. އަދި ވެކްސިން ތައްޔާރު ކުރަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، ވެކްސިންގެ އަގުތައް ވީހާވެސް ދަށްކުރުމަށް މިފެސިލިޓީ އެހީތެރިވެދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޤައުމުތަކުން ވަކި ވަކިން މަސައްކަތް ކުރުމުން އެހީވެދެވެނީ ވައިރަސް އަށް. "ކޮވެކްސް" ފެސިލިޓީގެ ކާމިޔާބީ ބިނާވެފައިވަނީ ޤައުމުތަކުން އެއްކޮށް ގުޅިގެން، އަދި ބޭނުންވާ ފަންޑިންގް ލިބިގެން" ޓެޑްރޮސް އިތުރަށް ވިދާޅުވިއެވެ.

"ކޮވެކްސް" އަކީ ގަވީ ވެކްސިން އެލަޔަންސް، ޑަބްލިޔުއެޗްއޯ އަދި ސެޕީ ކޯލިޝަން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިފެސިލިޓީގެ ބޭނުމަކީ ކޮވިޑް-19 ވެކްސިން ވީހާވެސް ގިނަބަޔަކަށް އަވަސް މުސްތަޤްބަލެއްގައި ފޯރުކޮށްދިނުމެވެ.

މިވަގުތު "ކޮވެކްސް" އިން 9 ވެކްސިނެއް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، އެ ފެސިލިޓީގެ އަމާޒަކީ 2021 ގެ ނިޔަލަށް 2 ބިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމެވެ.

"އެންމެ ފުރަތަމަ (ކޮވިޑް-19 ވެކްސިން) މަދު އަދަދަކަށް ލިބެން ހުންނަ އިރު، އެ ވެކްސިން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް." ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިން ހިމެނޭ ކަމަށާއި، މިމީހުންނަކީ ސިއްހީ ނިޒާމު ވަރުގަދަކޮށް، ފުރާނަ ސަލާމަތްކުރުމަށް މުހިންމު ބަޔެއްގެ ގޮތުގައި ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ