އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/08/2020

ދެ އަހަރު ތެރޭގައި ކޮރޯނާވައިރަސް ޕެންޑަމިކްއަށް ނިމުމެއް ގެނެވިދާނެ: ޑަބްލިޔުއެޗްއޯ

މި ވަގުތުގައިވެސް އެންމެ ބޮޑު އިސްކަމެއްދީ ފިކުރު ކުރަންވީ ކަމަކީ "ޤައުމީ އެއްބައިވަންތަކަމާއި، ބައިނަލްއަޤްވާމީގޮތުން އެކަތިގަނޑަކަށް ވުމަށް".
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/08/2020

WHO Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދެ އަހަރެއްހާ ދުވަސްތެރޭގައި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޕެންޑަމިކްއަށް ނިމުމެއް އަންނާނޭކަމަށް ބެލެވޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔެސުސް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޖެނީވާގައި ވާހަކަދައްކަމުން ޓެޑްރޮސް ވިދާޅުވީ 1918ގައި ފެތުރުނު ސްޕެނިޝް ފްލޫ ޕެންޑަމިކްއަށް ނިމުމެއް ގެންނަން ވެސް ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ނެގިކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަދި އެއަށްވުރެ ވެސް އަވަސް މުއްދަތެއްގައި ޕެންޑަމިކްއަށް ނިމުމެއް ގެނެވޭނޭކަމަށް އުއްމީދު ކުރައްވާކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފަ އެވެ.

"އަނެއްކާވެސް އެންމެން ނުކުމެ އުޅެންފެށުމުން ވައިރަސް ބޮޑަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް. އެހެންނަމަވެސް ހަމައެގޮތަށް މި ޕެންޑަމިކް ހުއްޓުވޭހާ ޓެކްނޮޖީ ވަސީލަތްތަކާއި އިލްމުވެސް އަހަރެމެންނަށް ލިބިފައި އެބަހުރި." ޓެޑްރޮސް ވިދާޅުވި އެވެ.

އަދި މި ވަގުތުގައިވެސް އެންމެ ބޮޑު އިސްކަމެއްދީ ފިކުރު ކުރަންވީ ކަމަކީ "ޤައުމީ އެއްބައިވަންތަކަމާއި، ބައިނަލްއަޤްވާމީގޮތުން އެކަތިގަނޑަކަށް ވުމަށް" ކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

1918ގައި ފެތުރުނު ސްޕެނިޝް ފްލޫގައި 50 މިލިޔަނަށްވުރެ ގިނަ މީހުން މަރުވި އެވެ. ނަމަވެސް ކޮރޯނާވައިރަހުގައި އަދި މަރުވި މީހުންގެ އަދަދު އުޅެނީ 800،000 ގައެވެ. އަދި 22.7 މިލިޔަން މީހުންނަށް ވަނީ މި ވައިރަސް ޖެހިފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 23 މިލިއަން މީހުން ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރެއިން 800،000 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ